ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ެއެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް

އިޢުލާން

 

          ހއ.މާފިނޮޅުގައި އެއަރޕޯޓެއް ތަރަށްޤީ ކުރުމަށް ބޭނުންވާތީ މި އެއަރޕޯޓް ތަރައްޤީކުރުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމައް ކުރެވުނު އިއުލާން ނަންބަރު (IUL)448/1/2018/10 އާއި ގުޅިގެން މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާފައިވަނީ އެންމެ ދެ ފަރާތުން ކަމަށްވާތީވެ އެ އިއުލާން ބާތިލް ކޮށް އަލުން އިއުލާން ކުރަމެވެ.

           ވީމާ، މިކަމަށް އެދި ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 18 މާރިޗް 2018 ވާ އާދިއްތަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 މާރިޗް 2018 ވާ އާދިއްތަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

          އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

           24 ޖުމާދުލްއާޙިރު 1439

           12 މާރިޗް 2018

12 މާރިޗު 2018
ހޯދާ