ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށްމީހަކު ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު (IUL)415-HR/415/2018/22   އިޢުލާނާއި ގުޅިގެން މަޤާމަށް ބޭނުންވާ ހުނަރު ލިބިފައިވާ މީހުން ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ކެންސަލްކޮށް، އެ މަޤާމަށް މީހުން ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.  

 

 މަޤާމް:

ސުޕަރަވައިޒަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

މުސާރަ:

މުސާރަ (މަހަކު) 5000/-(ފަސްހާސް ރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 2,000/- (ދެހާސް ރުފިޔާ)

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ޙަފްތާއަކު 54 ގަޑިއިރު، އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.

 

މިވަޒީފާގައި މަސައްކަތްކުރާ މުވައްޒަފުން ހޮނިހިރު ދުވަސް ހިމެނޭ ގޮތުން ކޮންމެ ޙަފްތާއަކު 6 ދުވަހު މަސައްކަތްކުރަންޖެހޭނެއެވެ.

 

ތަޢްލީމީ ފެންވަރު:

ގްރޭޑް 7 ގެ ފެންވަރަށް ތަކެތި ދަތުމާއެކު، ދިވެހިބަހާއި އިނގިރޭސިބަހުން ލިޔެފައި ހުންނަ ތަކެތި ކިޔަން އެނގުން.   

 

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ރައްޔިތުންނާއި މުޢާމަލާތުކުރުމުގެ ހުނަރު.
  2. ގިނަ ވަގުތު މަސައްކަތުގައި އުޅެވުން. 
  3. މަސައްކަތް ރާވާ ހިންގަން އެގުމާއި މީހުން ގޮވައިގެން މަސައްކަތް ކުރަން އެނގުން.
  4. މެކޭނިކަލް މަސައްކަތް ކުރަން އެނގުމާއި މެޝިނަރީއާއި ވެހިކިއުލަރ އިކުވިޕްމަންޓްތަކަށް ދިމާވާ ކުދިކުދި މައްސަލަތައް އަމިއްލައަށް ޙައްލުކުރަން އެނގުން.

ވަޒީފާއަށް މީހުން ޢައްޔަނުކުރުމުގައި އިސްކަންދޭނެ ކަންކަން:

މިވަޒީފާއަށް މީހުން ޢައްޔަނުކުރުމުގައި ތިރީގައި އެވާ މަސައްކަތްތައް ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  1. ހެވީ ވެހިކަލް 1.5 ޓަނުން ފެށިގެން މަތީ ވެހިކަލް ދުއްވުމުގެ ލައިސަންސް ލިބިފައިވުން.
  2. ވެލްޑިންގ ކުރަން ދަންނަ އެކަމުގެ ސަނަދު ލިބިފައިވުން.
  3. އިލެކްޓްރިކް މަސައްކަތް ކުރަން ދަންނަ އެކަމުގެ ސަނަދު ލިބިފައިވުން.
  4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށް ވުން.
  5.  ސުޕަރަވައިޒަރެއްގެ ގޮތުން ނުވަތަ ސަރުދާރެއްގެ ގޮތުގައި ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކޮށްފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ތިނަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ސައިޓަށް ޖަމާވާ ކުނީގެ ބާވަތްތައް މަސައްކަތްތެރިން ބޭނުންކޮށްގެން ބައިބަޔަށް ތަރުތީބުކުރުވުމާއި އަނބުރާ ބޭނުންކުރެވޭ ބާވަތްތަކުގެ ކުނި މެޝިނުގެ އެހީގައި ބަންދުކުރުން.
  2. ސައިޓަށް ޖަމާވާ ކުނީ ބޭނުންކޮށްގެން ކޮމްޕޯސްޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  3. ކުނީގެ ބާވަތްތަކުގެ ތެރެއިން އަންދާލައިގެން ނައްތާލަންޖެހޭ މެޑިކަލްވޭސްޓް ފަދަ ތަކެތި ނައްތާލުމުގެ މަސައްކަތް މަސައްކަތު މީހުން ބޭނުންކޮށްގެން ކުރުވުން.
  4. ސައިޓުގައި ހުންނަ މެޝިންތަކާއި ވެހިކަލްތައް ދޮވެ، ތެޔޮ ޖަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސއްކަތް މަސައްކަތްތެރިން ލައްވާ ކުރުވުން.
  5. ކުނިއަންދާ ބެޑްތައް ދުވަހުން ދުވަހަށް ސާފުކޮށް، ބެޑްތައް މަރާމާތުކުރުން.
  6. އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

2-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   އެޓެސްޓްކޮށްފައިވާ ތަޢްލީމީ ސަނަދުތުތައް.

4-   އެޓެސްޓްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

5-   ލިބިފައިވާ ލައިސަންސުގެ ކޮޕީ

ސުންގަޑި:

22 މާރިޗް 2018 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

 މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

11 މާރިޗު 2018
ހޯދާ