ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރަކު ބޭނުންވެއްޖެ

މަޤާމް :އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: އޮފިސަރ، ގރ. 1

ބޭނުންވާ އަދަދު: 01 (އެކެއް)

އަސާސީ މުސާރަ: މަހަކު -/4350 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: ރީޖަނަލް ސޭލްސް އޮފީސް / އެސްޓީއޯ ޓްރޭޑް ސެންޓަރ

އެހެނިހެންއިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1350 ރުފިޔާއާއި، -/2500  ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެމަސްއޫލިއްޔަތު

  • ރީޖަނަލް ފިހާރަތަކުގެ މާރކެޓިންގ ހަރަކާތްތައް ޕްލޭންކޮށް ހިންގުން
  • ރީޖަނަލް ފިހާރަތަކުގެ މާރކެޓިންގ އާއި ބެހޭ އެހެނިހެން މަސައްކަތް ކުރުން
  • ރީޖަނަލް ސޭލްސް ޑިޕާރޓްމަންޓްގެ ޕޮލިސީތަކާއި ޕްރޮސީޖަރތައް މޮނީޓާރކޮށް ބެލެހެއްޓުން
  • ރީޖަނަލް ފިހާރަތަކުގެ ސްޓޮކް ގުނުމާއި ސްޓޮކާއި ގުޅޭ އެންމެހައި ކަމެއް ރާވާ، ހިންގާ ބެލެހެއްޓުން
  • ރިޖަނަލް ފިހާރަތަކަށް ބޭނުންވާ އެންމެހައި ރިޕޯރޓްތައް ތައްޔާރު ކުރުން
  • ރީޖަނަލް ފިހާރަތަކުގެ ސްޓޮކް ޕްލޭން ކުރުމާއި ޕްރޮމޯޝަންތަކާއި ޕްރައިސިންގ ކަންތައް ބެލެހެއްޓުން

ފެންވަރުނުވަތަޝަރުތު

  • ޖީ.ސީ.އީ. އޯލެވެލް 3 މާއްދާއިން "ސ" އަށްވުރެ މަތިން ފާސްވެފައިވުން، އޭލެވެލް ނުވަތަ ބިޒްނަސް ދާއިރާ އަކުން ޑިޕްލޮމާ އެއް ނުވަތަ އެއަށް ވުރެ މަތީފާހެއް ފުރިހަމަކޮއްފައިވުން.
  • ކޮމިއުނިކޭޝަންސް ސްކިލް، އެނެލެޓިކަލް ސްކިލް އަދި ކަންކަން ހިންގާ ރޭވުމުގެ ޤާބިލްކަން ހުރުން
  • މައިކްރޯ ސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން އެނގުން.

އެހެނިހެންހުނަރު

  • މަޤާމާއި ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސުންގަޑި

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 މާރިޗް 14 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344273 / އީމެއިލް އެޑްރެސް:[email protected]

 

07 މާރިޗް 2018

 

07 މާރިޗު 2018
ހޯދާ