އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
މާލެއިން 02 ކޮޓަރި ކުއްޔަށް ހިފުން

 

ނަންބަރު IUL)MAI-AS/INDIV/2018/4)

އިޢުލާން

މާލެއިން 02 ކޮޓަރި ކުއްޔަށް ހިފުން

                    2018 ވަނަ އަހަރު މި މަދަރުސާގައި މަސައްކަތް ކުރައްވާނެ މިޞްރުގެ މުދައްރިސުން ބޭތިއްބުމަށްޓަކައި،  މާލެއިން، 02 ކޮޓަރި ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)MAI-108/INDIV/2018/3 (05 ފެބުރުވަރީ 2018) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ވަޑައި ނުގަންނަވާތީ އެ އިޢުލާނު ބާޠިލުކޮށް، މާލެއިން 02 ކޮޓަރީގެ އެޕާޓްމަންޓެއް ނުވަތަ 1 ކޮޓަރީގެ 2 އެޕާޓްމަންޓް،  ނުވަ މަސް ދުވަހުގެ މުއްދަތަށް ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކަށް އަލުން ފުރުޞަތު އަރުވަމެވެ.

                    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި މަދަރުސާ (އަމީނިއްޔާސްކޫލް ކުރިމަތި / ޗާނދަނީމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން

އަންދާސީ ހިސާބު ބަލައިގަތުން

14 މާރޗް 2018 ވާ ބުދަ ދުވަހުގެ 11.00އަށް

19 މާރޗް 2018 ވާ ހޯމަ ދުވަހުގެ 11.00އަށް

                     23 ޖުމާދަލް އާޚިރާ 1439

                      

11 މާރިޗު 2018
ހޯދާ