މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބޭހުގެ ލޭބަލްގެ މައުލޫމާތު ފުރިހަމަނުވާ ބޭސްތައް އިމްޕޯރޓްކޮށް ވިއްކުމާގުޅޭ

އިޢުލާން 

"ބޭހާއި ބެހޭ ގަވާއިދު" (ނަންބަރ: 2014/R-46) ގެ 6.8.4  ގައިވާ ގޮތުގެ މަތިން ބޭހުގެ ލޭބަލްގެ މައުލޫމާތު ފުރިހަމަނުވާ ބޭސްތައް އިމްޕޯރޓްކޮށް ވިއްކަން ބެހެއްޓުމަކީ މަނާކަމަކެވެ.

މިއޮތޯރިޓީން ކުރަމުންގެންދާ އިންސްޕެކްޝަންތަކުގައި  " ލޫސްޕެކް " ( ވަކިވަކިން ރަބަރު ޕެކެޓް) ގައި ބޭސް ބަންދުކޮށް ފުރިހަމައަށް ލޭބަލް ނުކޮށް، ފާރމަސީތަކުގައި އަދި އަލްޓަރނޭޓިވް/ދިވެހިބޭސް ވިއްކާތަންތަނުގައި ވިއްކަން ބަހައްޓައި އަދި ވިއްކަމުންދާކަން ވަނީ ތަކުރާރުކޮށް ފާހަގަކުރެވިފައެވެ.

ވީމާ، މަތީގައި ދެންނެވިފައިވާގޮތަށް ފާރމަސީތަކުގައި އަދި އަލްޓަރނޭޓިވް/ދިވެހިބޭސް ވިއްކާތަންތަނުގައި ބޭސްބަހައްޓާނަމަ ޤަވާއިދާއި އެއްގޮތަށް ފުރިހަމައަށް ލޭބަލްކޮށް އެއަރޓައިޓް ކޮންޓެއިނަރގައި ބޭސް ބެހެއްޓުމަށް ދަންނަވަމެވެ.

މީގެއިތުރުން " ލޫސްޕެކް " (ވަކިވަކިން ރަބަރު ޕެކެޓް) ގައި ބޭސް ވިއްކާއިރު ތިރީގައިވާ ލޭބަލް ހަރުކޮށް މައުލޫމާތު ފުރިހަމަ ކުރުމަށްފަހުގައި ނޫނީ ނުވިއްކުމަށް އާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

  1. ބޭހުގެ ނަން ( ބްރޭންޑް ނަން)
  2. ބޭހުގެ ޖެނެރިކް ނަން (އެކްޓިިވް އިންގްރީ ޑިއަންޓް)
  3. ބޭހުގެ ބާރުމިން
  4. ބޭސް އުފައްދާ ކުންފުނި އަދި ގައުމު
  5. ބޭސް ބޭނުންކުރަން ޖެހޭ ވަގުތުތައް
  6. ބޭސް ބޭނުންކުރެވޭ މުއްދަތު
  7. ބޭހުގެ މުއްދަތު ހަމަވާ ތާރީހް
  8. ބެޗް ނަންބަރ

 މިކަމާއިގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ 3014316 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

20 ޖުމާދަލްއާޚިރާ 1439

08 މާރިޗު 2018
ހޯދާ