މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކަނބަލުންނަށް ހާއްސަ ލޯން ޕްރޮގްރާމް 2018 ގައި ބައިވެރިވުމަށް ފޯމް ސަބްމިޓް ކުރުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

ކަނބަލުންނަށް ހާއްސަ ލޯން ޕްރޮގްރާމް 2018 ގައި ބައިވެރިވުމަށް ފޯމް ސަބްމިޓް ކުރުމުގެ މުއްދަތު އިތުރުކުރުން

މި މިނިސްޓްރީގެ އިޢުލާން ނަމްބަރ:  IUL)101-EP/1/2018/36) އަދި (IUL)101-AF/1/2018/50) އާއި ހަވާލާދީ ދަންނަވަމެވެ. ކަނބަލުންގެ ޚާއްސަ ލޯނު ޕްރޮގްރާމަށް ގިނަ ފަރާތްތަށް ބައިވެރިކުރުމަށް އެދޭތީ، އެފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަނބަލުންގެ ޚާއްސަ ލޯނު ޕްރޮގްރާމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު 15 މާރިޗް 2018 ގެ ނިޔަލަށް އިތުރު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 އަދި މި ލޯންސްކީމް ގެ ދަށުން ލޯން ދޫކުރުމަށް ހަމަޖެހިފައިވާ އަދަދު 50,000 އާއި 200,000 ރުފިޔާ އާއި ދެމެދަށް ވަނީ ބަދަލުކުރެވިފައެވެ. ހަވާލާދެވިފައިވާ އިޢުލާންތަކުގައިވާ ގޮތަށް 50,000 އާއި 100,000 ދެމެދުގެ ލޯނަށް އެދި މިހާތަނަށް މިމިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ފަރާތްތަކުން، ލޯނުގެ އަދަދު ބަދަލުކުރުމަށް ބޭނުންވާނަމަ މިފުރުސަތު ހުޅުވިފައިވާ ވާހަކަވެސް ދަންނަވަމެވެ.

  މިގޮތުން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދު ނޫންކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 2:00 އަށް ތިރީގައިވާ ތަންނަނުންނެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ ތަންތަން:

  1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓް، ބޮޑުތަކުރުފާނުމަގު، މާލެ 1691
  2. ހދ. ކުޅުދުއްފުށި ބިޒްނަސް ސެންޓަރ، ހޮޓްލައިން 7917089
  3. ޅ. ނައިފަރު ބިޒްނަސް ސެންޓަރ، ހޮޓްލައިން  7918432
  4. ދ. ކުޑަހުވަދޫ ބިޒްނަސް ސެންޓަރ، ހޮޓްލައިން 7918495
  5. ލ. ފޮނަދޫ ބިޒްނަސް ސެންޓަރ، ހޮޓްލައިން 7914431
  6. ގދ. ތިނަދޫ ބިޒްނަސް ސެންޓަރ، ހޮޓްލައިން 7913715
  7. ސ. ހިތަދޫ ބިޒްނަސް ސެންޓަރ، ހޮޓްލައިން 7916947

 މި މުއްދަތުގައި އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާނަމަ، [email protected] އަށް އީމެއިލް ފުނޮއްވައިގެންވެސް ފޯމް ހުށަހެޅުއްވޭނެއެވެ.

 

މި ލޯން ސްކީމާބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުގެ ވެބްސައިޓް www.trade.gov. އިން ލިބެންހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 1691 ނަމްބަރަށް ގުޅުއްވުމަށް ދަންނަވަމެވެ.

‏21‏ ޖުމާދަލްއާޚިރާ‏ 1439

08 މާރިޗު 2018
ހޯދާ