މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުން ތަކެތި ނެގުމާއި ގުޅޭ

         މިހާރަކަށް އައިސް ގެދޮރު ޢިމާރާތް ކުރުމަށް ގެންނަ ހިލަ އާއި ހިލަވެލި، ގާފަދަ ތަކެއްޗާއި އެކި ބާވަތުގެ ލަކުޑި ދަރު ފަދަ ތަކެތި މިއިދާރާގެ އެއްވެސް ހުއްދައެއް ނެގުމަކާ ނުލައި ބައެއް ފަރާތްތަކުން މަގުމަތި، އަދި ޢާއްމު ތަންތާގައި ބަހައްޓަމުންދާކަން ފާހަގަކުރެވެއެވެ.

         ވީމާ، ހުއްދަނެތި ބަހައްޓާފައިވާ ތަކެތި މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަގާ ސާފުކުރުމަށް އަންގަމެވެ.

         އަދި، މީގެ ފަހުން މިއިދާރާގެ ހުއްދަނުނަގާ ތަކެތި ބަހައްޓާ ފަރާތްތަކާއި މެދު ހަމަޖެހިފައިވާ ޤަވާޢިދުން ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

06 މާރިޗު 2018
ހޯދާ