ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް :ތިރީގައި ދެންނެވިފައިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
ބޭނުންވާ އަދަދު :10

އިޢުލާން

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް

އަސާސީމުސާރަ: ދެފަރާތުން އެއްބަސްވާ ގޮތުގެމަތިން ހަމަޖައްސައިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން: ލޭންޑިންގް ކުރާފްޓް

#

މަޤާމު

ބޭނުންވާ އަދަދު

މަޤާމުގެ މަސްއޫލިއްޔަތު

01

އޭބީ

6

  • ހަމަޖެހިފައިވާއުސޫލުތަކާ އެއްގޮތަށް، ރައްކާތެރިކަމާ ހުނަރުވެރިކަމާއެކު އުޅަނދުގެ އޮޕަރޭޝަނަށް އެހީތެރިކަންދިނުން،
  • ހަމަޖެހިފައިވާއުސޫލުތަކުގެމަތިން ބޯޓުގެ ޑިއުޓީއާއި، ޕޯޓުގެ ޑިއުޓީތައް ބެލެހެއްޓުން،
  • ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން،
  • މޫރިންސްޓޭޝަންގެ މަސައްކަތްތައްކުރުން، މުދާއަރުވާ، ބާލާއިރު، އެހީތެރިކަންދިނުން

02

ކޫކް

2

  • އުޅަނދަށް އަރުވާ، ކްރޫ ކެއުމަށް ބޭނުންކުރާތަކެތި ބެލެހެއްޓުމާއި، އަދި ކެއުމުގެ ކަންތައްތައްބެލެހެއްޓުން.
  • ހިފާގެންގުޅޭތަކެތީގެ ސާފުތާހިރުކަން ބެލެހެއްޓުން.
  • އުކާލަންޖެހޭ ކާތަކެއްޗާއި ބަދިގޭ ކުނިބުނި ރައްކާތެރިކަމާއެކު އުކާލައި ނައްތާލުން،
  • އުޅަނދަށްގެންނަ ކާބޯތަކެތި ލިސްޓާއި އެއްގޮތައްހުރިތޯބަލާ ޗެކްކޮށްހެދުން.
  • ކޮންމެމަހެއް ނިމޭއިރު ޕްރޮވިޒަން ސްޓޯރުތަކުގައި ހުރި ތަކެތި ލިސްޓްކޮށް އެކަމާ ބެހޭ ފަރާތައް ހުށަހެޅުން.

03

ސްކިޕާރ

2

  • ކުންފުނީގެ އިރުޝާދާއި އެއްގޮތައް، ކާގޯ ލޯޑިންގ އަދި ޑިސްޗާޖް ކުރުމުގެ ކަންތަށް މޮނިޓަރކުރުން.
  • ކުންފުނީގެ އިރުޝާދާއި އެއްގޮތަށް ބޯޓުގެ ދަތުރުތަށް ކުރިއަށް ގެންދިއުމާއި، ކުރާދަތުރުތައް ލޮގްކުރުމާއި ދަތުރު ރިޕޯރޓް ކުންފުންޏަށް ފޮނުވުން.
  • މަހުން މަހަށް ކުންފުންޏަށް ފޮނުވަންޖެހޭ ރިޕޯޓްތައް ކުންފުނިން އަންގާ ގޮތެއްގެ މަތިން ތައްޔާރުކޮށް ފޮނުވުން.
  • ފަޅުވެރިންނާއި، ބޯޓާއި މުދަލާއި ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުން.
  • ފަޅުވެރިންނާއި، ބޯޓާއި މުދަލާއި ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓެން.

އެހެނިހެން އިނާޔަތްތައް

  • ފުޑް އެންޑް ހާޑްޝިޕް އެލަވެންސް
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/55 ރުފިޔާ ލިބޭނެއެވެ.
  • އޯވަޓައިމް އެލަވަންސް

ފެންވަރު ނުވަތަ ޝަރުތު

  • މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޤަވާއިދާއި އެއްގޮތަށް ހޯދަންޖެހޭ ސެޓްފިކެޓްތަކާއި ހަދަންޖެހޭ ތަމްރީންތައް ހަދާފައިވުން

އެހެނިހެން ހުނަރު / ތަޖުރިބާ

  • މަދުވެގެން 3 އަހަރު ދުވަހު ކަނޑުމަތީ ތަޖުރިބާހުރުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން

ސުންގަޑި

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 މާރޗް 15 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ

 

08 މާރޗް 2018

 

08 މާރިޗު 2018
ހޯދާ