މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކަސްޓަމް ފަރުނީޗަރ ޖެހުމަށް ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީއަށް ކަސްޓަމްކޮށް ފަރުނީޗަރު ޖެހުމަށް ބޭނުންވެއްޖެއެވެ.

މަޢުލޫމާތު ސާފުކުރުން:

މައުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 8 މާރިޗް 2018 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފްލޯރ) ގައެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ.    

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު: 

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް އެކަމަށް ޚާއްސަކުރެވިފައިވާ ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް އިއުލާނުގައި އެޓޭޗްކުރެވިފައިއެވަނީއެވެ. ޖައްސަން ބޭނުންވާ ފަރުނީޗަރުތަކުގެ ފުރިހަމަތަފްޞީލް އިންފޮމޭޝަން ސެޝަންގައި ޙިއްސާކުރެވޭނެއެވެ. ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބާތިލްވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.

ޕްރޮޖެކްޓް ކޯޑިނޭޓަރ

ކޯޑިނޭޝަން ސަޕޯޓް ޔުނިޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އިޢުލާން ނަންބަރ:  

އަންދާސީ ހިސާބު ހުށައެޅުން/ހުޅުވުން:

އަންދާސީ ހިސާބު ހުށައެޅުމަށް އަދި ހުޅުވުމަށް ހަމަޖެހިފައިވަނީ 14 މާރިޗް 2018 ވާ ބުދަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފްލޯރ) ގައެވެ. މިގަޑީގެ ފަހުން ހުށައަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. އަދި ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް ފުރިހަމަކޮށް ހުށަނާޅާފަރާތް ތަކުގެ ބިޑްތައް ބާތިލްވާނެއެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341317، 3341319

06 މާރިޗު 2018
ހޯދާ