މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެފޭ ރެސްޓޯރެންޓް ފަދަ ކަންކަމަށް ބިން ކުއްޔަށް ދޫކުރުން

ކެފޭ ރެސްޓޯރެންޓް ފަދަކަންކަމަށް ބިންކުއްޔަށްދޫކުރުން

 

            ރަށުގެބަނދަރުގެ ދެކުނުކޮޅުއެއްގަމާ ވީފަރާތުން (ކުރީގެތެޔޮތާގީގެއުތުރުން) ކެފޭ ރެސްޓޯރެންޓް ހެދުމަށް ދޫކުރެވޭ މިރަށުގެ އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ 3.2 އަދި 3.3 ޖަހާފައިވާ 2700 އަކަފޫޓް ގެ ދެބިން  ކުއްޔަށް ދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިދެބިން  ކެފޭ ރެސްޓޯރެންޓް ހިންގުމަށް ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ކުލީބިމަށް އެދޭފޯރމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން  ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ކުލީބިމަށް އެދޭ ފޯރމް ވިއްކުން

(ކުލީބިމަށް އެދޭ ފޯރމް ވިއްކުމަށް ހަމަޖެހިފައިވަނީ 500.00 ރުފިޔާއަށް )

20މާރޗް2018 ވާ އަންގާރަ ދުވަހުން ފެށިގެން 28 މާރޗް 2018 ވާ ބުދަ ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00

ހިންމަފުށީކައުންސިލްގެ އިދާރާއިން

މަޢުލޫމާތު ދިނުން

4 އޭޕްރީލް 2018  ވާ ބުދަ ދުވަސް

ހެނދުނު 10:00 އަށް

ހިންމަފުށީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުން

( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން )

11 އޭޕްރީލް 2018  ވާ ބުދަ ދުވަސް

މެންދުރު 12:00 އަށް

ހިންމަފުށީ ކައުންސިލްގެ އިދާރާ

            ފޯރމް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯރމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 މާރިޗު 2018
ހޯދާ