މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އިންފްލުއެންޒާ ވެކްސިން ވިއްކުމާގުޅޭ

އިޢުލާން

އިންފުލުއެންޒާ ވެކްސިން އަކީ މިހާތަނަށް ހަމައެކަނި ގައުމީ ފެންވަރުގެ ޕްރޮގްރާމް ތަކަށް ޚާއްސަ ކުރެވިގެން ބޭސް ސިޓީ އަށް އަދި ކޮންޓްރޯލް ނިޒާމެއްގެ ދަށުން ވިއްކާ ވެކްސިން އެކެވެ.މިވެކްސިން ފަސޭހަކަމާއިއެކު އާއްމުންނަށް ފޯރުކޮށްދިނުމަށްޓަކައި  މިހާރު ވަނީ " ޕްރިސްކްރިޕްޝަން އޮންލީ" ނުވަތަ ޑޮކްޓަރެއްގެ ބޭސް ސިޓީ އަށް އާއްމުކޮށް ވިއްކޭ ވެކްސިންއެއްގެ ގޮތަށް ބަދަލުކޮށްފައެވެ. އަދި ފާރމަސީތަކުން މިވެކްސިން ބޭސް ސިޓީއަށް އާއްމުކޮށް ވިއްކަން ބެހެއްޓޭނެކަން  އަންގާ އިޢުލާން ކުރީމެވެ.

އަދި ދަންނަވަމެވެ. އިންފްލުއެންޒާ ވެކްސިން އަކީ އުފައްދާ ވަގުތުން ފެށިގެން ބޭނުން ކުރުމާއި ހަމައަށް 2oC – 8oC ގައި ބަހައްޓަންޖެހޭ އަދި މިނޫން ގޮތަކަށް ގެންގުޅެފިނަމަ ހަލާކުވާ ވެކްސިނެކެވެ. މިފަދަ ވެކްސިން ބޭނުން ކުރުމަކީ އޭގެ ސަބަބުން ސިއްޙަތަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމެކެވެ.

ފާރމަސީ އަދި ބޭސް ރައްކާކުރާ ގުދަނުގައި މިވެކްސިން ބެހެއްޓުމުގައިވެސް 2oC – 8oC ގައި  ބެހެއްޓުމަށާއި، ބޭސްސިޓީއަށް ވެކްސިން ދޫކުރާއިރު ދެންނެވިފައިވާ މަޢުލޫމާތު އޮޅުންފިލުވައި ދިނުމަށް ފާރމަސިސްޓުން ސަމާލުވުމަށް ދަންނަވަމެވެ.

ވެކްސިން އިމްޕޯރޓް ކުރުމުގައި އަމަލު ކުރަންޖެހޭ މިންގަނޑުގައިވާ ގޮތުން، ޕެކް ކުރުމާއި ގެންގުޅުމުގެ އެއްވެސް މަރުހަލާއެއްގައި ވެކްސިންއަށް ގެއްލުމެއްވާ މިންވަރަކަށް ފިނިހޫނުމިނަށް ބަދަލު އަތުވެއްޖެނަމަ، އެކަން އެންގޭނެ ޑިވައިސްއެއް އެޕެކްގައި ނުވަތަ ކޮންޓެއިނަރގައި ހިމެނެންވާނެއެވެ.

18 ޖުމާދަލްއާޚިރާ 1439

06 މާރިޗު 2018
ހޯދާ