މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އެނަލިސްޓް

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެންވަޔަރަންމަންޓް އެނަލިސްޓް  

މަގާމުގެ ނަންބަރު:

230595

ބޭނުންވާ އަދަދު:

1

މަގާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން:

އެންވަޔަރަންމަންޓް ޑިޕާޓްމަންޓް

މަގާމު އޮތް އޮފީސް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / މާލެ

މުސާރަ:

-/6,295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2,000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

2,203/25 ރުފިޔާ

އިތުރު ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

  ( މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް )

މަގާމުގެ ޝަރުތު

  1. ކެމިކަލް/އިންޑަސްޓްރިއަލް އިންޖިނިއަރިންގ ނުވަތަ ސައިންސްގެ ދާއިރާއަކުން ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު،  ކެމިކަލް/އިންޑަސްޓްރިއަލް އިންޖިނިއަރިންގ ނުވަތަ ސައިންސްގެ ދާއިރާއަކުން ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 
  2. ކެމިކަލް/އިންޑަސްޓްރިއަލް އިންޖިނިއަރިންގ ނުވަތަ ސައިންސްގެ ދާއިރާއަކުން ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު،  ކެމިކަލް/އިންޑަސްޓްރިއަލް އިންޖިނިއަރިންގ ނުވަތަ ސައިންސްގެ ދާއިރާއަކުން ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 
  3. ކެމިކަލް/އިންޑަސްޓްރިއަލް އިންޖިނިއަރިންގ ނުވަތަ ސައިންސްގެ ދާއިރާއަކުން ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުން، ނުވަތަ، 
  4. ކެމިކަލް/އިންޑަސްޓްރިއަލް އިންޖިނިއަރިންގ ނުވަތަ ސައިންސްގެ ދާއިރާއަކުން ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.  

  

މަގާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. އެއަރ ޕޮލިއުޝަން ޔުނިޓުގެ ހުރިހާ މަސައްކަތްތަކެއް ރާވާ ހިންގުން.
  2. މާލޭ ޑެކްލަރޭޝަންގެ ދަށުން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.
  3. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޕޮލިއުޝަނާއި ގުޅުންހުރި ބައިނަލް އަޤްވާމީ ކޮންވެންޝަންތަކާއި ޕްރޮޓޮކޯލްތަކާއި ގުޅިގެން ކުރަން ކަޑައެޅޭ ކަންތައްތައް ރާވައި ހިންގުން.
  4. ޕޮލިއުޝަންއާއި ގުޅޭގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަންތަކާއި ކޯލިޝަންސްތަކާއި ގުޅިގެން ދިވެހިރާއްޖޭގައި ޕޮލިއުޝަން ކޮންޓްރޯލް ކުރުމަށް ކަންތައްތައް ރާވާ ހިންގުން
  5. އެއަރ ޕޮލިއުޝަން ދާއިރާއިން އިންސާނީ ވަސީލަތްތައް ގައުމީ ފެންވަރެއްގައި ބިނާކޮށް ތަރައްގީކުރުމުގެ މަސައްކަތްތައް ރާވާހިންގުން.
  6. އެއަރ ޕޮލިއުޝަނާބެހޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ގައުމީ ފެންވަރުގަޔާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވުމާއި، މިކަމުގައި ރާއްޖޭގެ ފަރާތުން އިސްނަގައިގެން ކަންތައްތައް ރާވައި ހިންގުން.
  7. އެއަރ ޕޮލިއުޝަން ޔުނިޓުން ހިންގާ މަސައްކަތްތަކަށް ބޭރުގެ ފަރާތްތަކުން ފަންނީ އަދި މާލީ އެހީ ހޯދުން.
  8. އެއަރ ޕޮލިއުޝަން ޔުނިޓުގެ އަހަރީ ވާރކް ޕްރޮގްރާމާއި ބަޖެޓް ތައްޔާރުކުރުމުގައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  9.      ކެމިކަލްސް ޔުނިޓް އިން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ހިންގުމުގައި އިސްދައުރެއް އަދާކުރުން
  10. ކެމިކަލްސް މެނޭޖްކުރުމަށް މިނިސްޓްރީން ރާވާ ހިންގާ ޕްރޮޖެކްޓް/ޕްރޮގްރާމްތަކުގެ ދަށުން ކުރަންޖެހޭ         މަސައްކަތްތައް  ކުރުން
  11. ކެމިކަލްސް ދާއިރާއިން ރާއްޖެއިން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން ކުރަންޖެހޭ

   ކަންކަން ރާވާ   12.ހިންގުން. ރާއްޖެއަށް އެތެރެކުރާ ކެމިކަލްސްއާއިބެހޭ މައުލޫމާތު ބެލެހެއްޓުމުގެ މަސައްކަތްތައް ރާވާ ހިންގުން. 

13.ކެމިކަލްސްއާއި  ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ކަމާގުޅޭ ދާއިރާތަކާއި އާންމުން އަންގައިދީ

    ހޭލުންތެރިކުރުމަށް   ކުރަންޖެހޭ ކަންކަން ރާވާ ހިންގުން.

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. ޕޮލިއުޝަން ކޮންޓްރޯލް /އެންވަރަންމަންޓަލް މެނޭޖްމަންޓް/އެންވަޔަރަންމަންޓްލް މޮނިޓަރިންގ ނުވަތަ ގުޅުން ހުރި މާއްދާއެއް ކިޔަވާފައި ހުރުން ނުވަތަ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާލިބިފައި ހުރި މިންވަރު
  2.  ރާއްޖޭއިން ތަންފީޒުކޮށްފައިވާ ކެމިކަލް އަދި އެއަރ ކޮލިޓީ މެނޭޖްމަންޓް ދާއިރާއިން ރާއްޖެއިން ތަންފީޒުކޮށްފައިވާ މުއާހަދާތަކާއި ،ޑެކްލަރޭޝަން ތަކުގެ މައުލޫމާތު އެގިފައިވާ މިންވަރު
  3. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )
    (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގެރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ . ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
    (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ 
  6. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްތަދާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
  9. ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

 

މަގާމަށް އެދެންވީގޮތާއި ސުންގަޑި:  

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން www.environment.gov.mv  މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2018  މާރިޗު 19 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށެވެ.  ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްތަދު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 20 މާރިޗު 2018 އާއި 12 އެޕްރީލް 2018 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ:

މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ %30

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

                       22   ޖުމާދަލްއޫލާ    1439  

                       05  މާރިޗު        2018    

05 މާރިޗު 2018
ހޯދާ