މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ލާމު އަތޮޅު ކަލައިދޫ، އިސްދޫ އަދި ދަނބިދޫގައި ހިންގަމުންގެންގާ ހުއިފިލަނޑާގެ މަޝްރޫޢަށް ބޭނުންވާ ތަކެތި ގަނެ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

 ލާމު އަތޮޅު ކަލައިދޫ، އިސްދޫ އަދި ދަނބިދޫގައި ހިންގަމުންގެންގާ ހުއިފިލަނޑާގެ މަޝްރޫޢަށް ބޭނުންވާ ތަކެތި ގަނެ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިންގެން ކުރިއަށްގެންދާ " މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން     ލާމު އަތޮޅު ކަލައިދޫ، އިސްދޫ އަދި ދަނބިދޫގައި ހިންގަމުންގެންގާ ހުއިފިލަނޑާގެ މަޝްރޫޢަށް ބޭނުންވާ، ތަކެތި ހޯދާ ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު އިޢުލާން ((IUL)30-G/30/2018/23)އަށް ހުށައަޅާފައިވާ އަގުތައް ބޮޑުކަމަށްފެންނާތީ އާއި ތަކެތީގެ މަޢުލޫމާތު ބަދަލުވެފައިވާތީ އަލުން އިޢުލާން ކުރަމެވެ.

ވީމާ، ތިރީގައިވާ ތަކެތި ހޯދާ ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 މާޗް 2018 ވާ އާދިއްތަ ދުވަހުގެ 11:30 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް، ހ.ވައިޓް ވޭވް، މޫންލައިޓް ހިނގުން އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

   

 

 

#

Material Details

Unit

Quantity

1

GI Pipe 1/2"  x 5.8MTR (Double Galvanized)

Pipes

120

2

GI Pipe 1"  x 5.8MTR (Double Galvanized)

Pipes

562

3

Nets (Nylon), Mesh Size 1"

25m (Roll)

30

4

Polypropylene rope (6mm) (Yellow)

200m (Roll)

30

5

Polypropylene rope (3mm) (Yellow)

200m (Roll)

15

 

ތަކެތި ގެންދަންޖެހޭ ތަން: ލ.ކަލައިދޫ

އަގު ހުށައަޅަންޖެހޭ ގޮތް: ކޮންމެ ޔުނިޓަކަށް ޖެހޭ އަގު އެނގޭނެހެން.

                  ޖީ.އެސް.ޓީ އަގު ވަކިން އެނގޭނެހެން.

                 

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް:

އަގަށް 30 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު * 30)

މުއްދަތަށް  60 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު * 60)

ތަޖުރިބާއަށް 10 ޕޮއިންޓް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

 

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ރ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341836 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

05 މާރިޗު 2018
ހޯދާ