އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީ އިސްމެހެލާހެރަ އަދި ކެޑަވާހެރަ ފަޅުތެރެއިން ވެލި ނެގުމާ ގުޅޭ

އިޢުލާން

އައްޑޫސިޓީ އިސްމެހެލާހެރަ އަދި ކެޑަވާހެރަ އަކީ 3 ޖުލައި 2017 އިން ފެށިގެން  (ފަންސާސް) 50 އަހަރަށް ފަތުވެރިކަމުގެ މަސައްކަތަށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ސައުތް ޕާމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލު ކުރެވިފައިވާ ރަށްތަކަކަށްވާތީވެ، މި ރަށްތަކުގެ ފަޅުން އެއްވެސް ބޭނުމެއްގައި ވެލިނެގުމާއި، މަސްހިފުން އަދި ފަތުރުވެރިކަމުގެ މަސައްކަތަށް ދަތިވާފަދަ އެއްވެސް ކަމެއް ކުރުމަކީ ހުއްދަކުރެވިފައި ނުވާ ކަމެއްކަމަށް ޢާއްމުކޮށް އިޢުލާން ކުރަމެވެ.

އަދި، މިފަދަ ކަމެއް ރައްޔިތުންގެ ތެރެއިން ބަޔަކު ކުރާނަމަ އެކަމެއް ހުއްޓުވުމަށް ޤަވާޢިދުން ފިޔަވަޅު އެޅޭނެ ކަމުގައިވެސް ދެންނެވީމެވެ.

17 ޖުމާދަލްއާޚިރާ 1439

05 މާރިޗު 2018
ހޯދާ