ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ ދޫކުރުން.

ނަންބަރު: IUL)120/1/2018/14)


އިޢުލާން

2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ ދޫކުރުން.

2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ 2018 މާރިޗު 08 ވަނަ ދުވަހުން ފެށިގެން 2018 މާރިޗު 27 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830 ން 1330އަށެވެ.

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ އާ ޙަވާލުވުމަށް އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ.ކާޑާއި، ޙަވާލުވާ ފަރާތުގެ އައިޑީކާޑު ގެންނަންވާނެއެވެ. ސެންޓަރުތަކުގެ ނަތީޖާ ޙަވާލުކުރެވޭނީ ސެންޓަރުގެ ލިޔުމަކާއި އެއަންނަ މީހެއްގެ އައި.ޑީ ކާޑު ގެނައުމުންނެވެ.

ނަތީޖާ ރީޗެކްކުރުމަށް ބޭނުންވާ ކެންޑިޑޭޓުން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު 2018 މާރިޗު 28 ވަނަ ދުވަހުގެ 1200 ގެ ކުރިން ހުށަހެޅުން އެދެމެވެ. ސެންޓަރެއް މެދުވެރިކޮށް އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުން ރީޗެކްކުރުމަށް ހުށަހަޅާނީ އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށެވެ.

 17 ޖުމާދަލްއާޚިރާ 1439

05  މާރިޗު   2018

05 މާރިޗު 2018
ހޯދާ