މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް ކޯޑިނޭޓަރ

ސެނިޓޭޝަން ޕްރޮޖެކްޓް އިން ފައިވް އައިލެންޑްސް

 

ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު

ޕްރޮޖެކްޓް ކޯޑިނޭޓަރ (ޕީ.ސީ)

 

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން (އެމް.އީ.އީ) އިސްލާމިކް ޑިވެލޮޕްމަންޓް ބެންކް (އައި.އެސް.ޑީ.ބީ) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ 'ސެނިޓޭޝަން ޕްރޮޖެކްޓް އިން ފައިވް އައިލެންޑްސް' މަޝްރޫޢު ކޯޑިނޭޓްކޮށް މެނޭޖްކުރާނެ ޕްރޮޖެކްޓް ކޯޑިނޭޓަރެއް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ އެކިއެކި މަސައްކަތްތައް ބެންކް އިރުޝާދުނާމާ އާއި އެއްގޮތްވާގޮތުގެ މަތިން ރާވާ، ހިންގާ އަދި މަސައްކަތްތައް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.

 

 

ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި

ހ)   މަސައްކަތާއި ގުޅޭދާއިރާއިން ދިވެހިރާންޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު ހާޞިލް ކޮށްފައިވުން.

     ނުވަތަ،

     މަސައްކަތާއި ގުޅޭދާއިރާއިން ދިވެހިރާންޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދު ހާޞިލް ކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއިން (7) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭއިން މެނޭޖްމަންޓް ނުވަތަ އިންޖީނިއަރިންގ ދާއިރާއާއި ގުޅޭގޮތުން ތަޢުލީމު ހާޞިލް ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ށ)  މަދުވެގެން 05 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން، މީގެ ތެރެއިން 03 އަހަރު ދުވަހު  ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުގެ އެހީގައި ހިންގޭ ޕްރޮޖެކްޓްއެއްގައި މަސައްކަތް ކޮށްފައިވުން، އަދި މިފަދަ ޕްރޮޖެކްޓްތަކުގައި އަދާކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި މެނޭޖްމަންޓް އާއި ސުޕަވިޝަން މަސައްކަތްތައް ހިމެނުން.

 

ނ) ފެނާއި ނަރުދަމާގެ ދާއިރާއިން މަޝްރޫޢުތައް ހިންގުމުގައި ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ރ)  ޕްރޮކިއުމަންޓްގެ އުޞޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ޤަވާޢިދުތަކަށް އަހުލުވެރި ވެފައިވާ ފަރާތެއް ކަމުގައިވުމަކީ އެދެވިގެންވާ ކަމެކެވެ.

  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.  
  • -މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި، އެހެނެހިން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.

 

އުޖޫރަ

- މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 25,000.00  އާއި 30,000.00 ރުފިޔާ ދެމެދު އުޖޫރައެއް ކަނޑައެޅިފައެވެ.

 

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ (12) މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި ޑިޕާރޓްމަންޓުއަށް ބޭނުން ވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.

 

  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 2018 މާރިޗު 15 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

 

 ފޯނު ނަންބަރު: 3018329

 

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.

 

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018393  ,   3018329 އަށް ގުޅުއްވުން އެދެމެވެ.

 

5 މާރިޗު 2018

05 މާރިޗު 2018
ހޯދާ