ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކުންފުނީގެ ހިންގާ ޤަވާޢިދަށް އިސްލާޙް ގެނައުމާއި ބެހޭގޮތުން 2018 ފެބްރުއަރީ 18 ގައި މިކުންފުނިން ކުރި އިޢުލާނާއިގުޅޭ؛

އިޢުލާން

 

ކުންފުނީގެ ހިންގާ ޤަވާޢިދަށް އިސްލާޙް ގެނައުމާއިބެހޭގޮތުން 2018 ފެބްރުއަރީ 18 ގައި މިކުންފުނިން ކުރި އިޢުލާނާއިގުޅޭ؛

 

ކުންފުނީގެ ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙްތަކަށް ކޮމެންޓް ކުރެއްވުމުގެ ސުންގަޑި، 2018 މާރިޗް 11 ވާ އާދިއްތަ ދުވަހުގެ 16:00 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.

ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅާ އިސްލާޙްތައް މިހާރު ވަނީ ކުންފުނީގެ ވެބްސައިޓް www.sto.mv ގައި ޝާއިޢުކުރެވިފައެވެ. އަދި މި އިސްލާޙްތަކުގެ ކޮޕީ ކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

ކުންފުނީގެ ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙްތަކަށް ކޮމެންޓް ކުރައްވަން ބޭނުންފުޅުވާ ޙިއްޞާދާރުން، ކޮމްޕެނީ ސެކްރެޓޭރިއަޓް އެންޑް ލީގަލް އެފެއަރޒަށް އެޑްރެސްކުރައްވާ، ލިޔުމަކުންނަމަ ކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނަށް ހުށަހެޅުއްވުން އެދެމެވެ.

ފެކްސްގެ ޒަރިއްޔާއިން ފޮނުއްވާނަމަ 3344533 ނަންބަރު ފެކްސްއަށް، އަދި އީމެއިލްގެ ޒަރިއްޔާއިން ފޮނުއްވާނަމަ، [email protected]  އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ވީމާ، މިކަން އެންމެހާ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިޚްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.

4 މާރިޗް 2018

 

04 މާރިޗު 2018
ހޯދާ