ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 06/(IUL)95-A/1/2018

ތާރީޚް: 04 މާރޗް 2018

މަޤާމް:       

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: GS3

ކޯޓް / ސެކްޝަން

ހައިކޯޓު ( ބަޖެޓް ސެކްޝަން )

މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ

4465/- ރުފިޔާ

ސަރވިސް އެލަވަންސް                

1500/- ރުފިޔާ

ލިވިންގ އެލަވަންސް

2,850/- ރުފިޔާ

ޖުޑީޝަލް އެލަވަންސް  )މުސާރައިގެ %45 )

 އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.

މަޤާމުގެ  ޝަރުތު:

1-      މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި " މިމާއްދާއިން ދަށްވެގެން " ސީ " ލިބިފައިވުން، ނުވަތަ

މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒިފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS-2 ރޭންކްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

1-      1066 ނަންބަރު އެކައުންޓް ޑިރެކްޓަރގެ ލަފާގެމަތިން ބެލެހެއްޓުން :

ހ- ހައިކޯޓަށް ލިބޭ ފައިސާ ބަލައިގަތުމާއި، ތިޖޫރި ބެލެހެއްޓުމާއި، އެދުވަހެއްގައި ލިބޭ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރުން.

ށ- މައްސަލަތައް ނިމުމުން މައްސަލަތައް ނިމުނުގޮތުގެ ތަފްޞީލް ސެކްޝަންތަކުން ބަޖެޓް ސެކްޝަނަށް ފޮނުވުމުން ވައުޗަރ ހަދާ ޕާރކްކޮށް ބޭންކްޝީޓް ހެދުމަށްފަހު އެހެނިހެން ޑޮކިޔުމަންޓްތައް ތައްޔާރުކޮށް 3 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ފޮނުވުން .

ނ- 1066 ނަންބަރު އެކައުންޓްގައި ފައިސާ ބަހައްޓާފައިވާ މީހުންގެ ލިސްޓް ކޮންމެ މަހަކު ތައްޔާރުކުރުން.

ރ- 1066 ނަންބަރު އެކައުންޓްގައި ފައިސާ ބަހައްޓާފައިވާ މީހުންގެ ތެރެއިން ފައިސާ ދެއްކިފައިވާ ފަރާތްތައް އެންގޭނެގޮތަށް ލިސްޓް އަޕްޑޭޓްކުރުން.

2- 97 ނަންބަރު (ބަޖެޓް) އެކައުންޓް ޤަވާޢިދާ އެއްގޮތަށް ޑިރެކްޓަރގެ ލަފާގެމަތިން  ބެލެހެއްޓުން :

ހ- ކޯޓަށް ލިބޭ ޔުޓިލިޓީ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ބިލް ލިބޭތާ 03 ދުވަހުގެ ތެރޭގައި ބިލްތަކުގެ ވައުޗަރ ހަދާ ޗެކްލިސްޓް ހަދާ ޕާކްކުރުމަށްފަހު ޑިރެކްޓަރލައްވާ ޗެކްކުރުމަށް ފަހު ޕޯސްޓްކުރުމަށް  ޙާވާލުކުރުން.

ށ-  97 ނަންބަރު އެކައުންޓްގެ ޚަރަދު ރިޕޯރޓް ކޮންމެ މަހަކު 06 ވަނަ ދުވަހުގެ ކުރިން ތައްޔާރުކޮށް ޑިރެކްޓަރ ލައްވާ ޗެކްކޮށް ސޮއިކުރުމަށްފަހު ފައިލްކުރުން.

ނ- ހަފްތާއަކު 1 ފަހަރު ދެއްކުނު ބިލްތަކާއި ނުދެއްކި ހުރި ބިލްތަކުގެ ތަފްޞީލް ޑިރެކްޓަރަށް ހުށަހެޅުން، އަދި ހޯދާފައިވާ ޚިދުމަތާއި، ޙަރަދުތަކުގެ ތެރެއިން ބިލް ނުލިބޭ ފަރާތްތަކުގެ ލިސްޓެއްނަގާ ބިލްފޮނުއްވައިދެއްވުމަށް އެފަރާތްތަކަށް އެދެމުން ގެންދިއުން. 

ރ- މިނިސްޓްރީ އޮފް ފިނޭންސަށް ޕޯސްޓްކުރެވޭބިލްތަކުގެ ތެރެއިން ވެންޑަރތަކަށް އެކައުންޓްތަކަށް ޓްރާސްފަރ ކޮށްފައިވޭތޯ ޗެކްކޮށް ޓްރާންސްފަރ ޝީޓް ވައުޗަރގައި އެޓޭޗްކުރުން.

ބ- ކޯޓްގެ އިސްވެރިން އަދި މުވައްޒަފުން ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ އެންމެހައި ކަންތައްތައް ކުރުން.  

3- ތިޖޫރީ ރިޕޯރޓް ތައްޔާރު ކުރުން

ހ- ކޮންމެ ދުވަހަކު އާމްދަނީ އެކައުންޓާ ޑިޕޮޒިޓް އެކައުންގެ އަޕްޑޭޓް ޝީޓްބަލައިގެން ތިޖޫރީފޮތް އަޕްޑޭޓްކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ޖަމާކުރެވޭ ފައިސާއާއި، ޗެކްތަށް ފޮތަށް އެންޓަރކޮށް ޖަމާކުރާ ތާރީޚާ ފޯމް ނަންބަރުޖަހާ ފޮތް އަޕްޑޭޓްކުރުން   

ށ- ކޮންމެ ހަފްތާއެއްގެވެސް އާދިއްތަ ދުވަހު ތިޖޫރީފޮތުގައިވާ ގޮތަށް ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް ޗެކްކުރުމުމަށްފަހު ތިޖޫރީ ރިޕޯޓް ފައިލްކުރުން.

4-  އަހަރީ ބަޖެޓް ތައްޔާރުކުރުން :

ހ- އަހަރީ ބަޖެޓް ތައްޔާރު ކުރުމަށްޓަކައި ޑިރެކްޓަރ، އެހީތެރިވުން.

ށ- ކޮންމެމަހެއްގެ ކޭޝްފްލޯ ތައްޔާރުކުރުން.

 

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި

 

 

1. ވަޒީފާއަށް އެދި ހުށަހަޅާފޯމް.

2.ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭފޯމާ އެކު ހުށަހަޅާނަމަ، ހުށަހަޅާނީ ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީއެވެ.)

  1. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ އެންމެފަހުން ވަޒީފާ އަދާކުރި ދެ އަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބިފައިވާ މާކްސް އެގޭނޭ އެއޮފީހަކުން ދޫކޮއްފައިވާ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

  1. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)

7.ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު ކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތު، ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އަދި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް). މިފަދަ ލިޔުމެއްގެ ގޮތުގައި އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ވަޒީފާ ބަޔާނަށް ބަލައި ޕޮއިންޓެއް ނުދެވޭނެއެވެ.

8. ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޟިރީ ރިޕޯޓް އަދި މުވައްޒަފުގެ އުޅުމާއި އަޚުލާގު އެނގޭނޭ ފަދަ ލިޔުމެއް ހުށަހެޅުން (މިހާރު ހައިކޯޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފެއްނަމަ މިލިޔުންހުށަހަޅާކަށް ނުޖެހޭނެއެވެ).

9.ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހަކު މިވަޒީފާއަށް ހޮވިއްޖެނަމަ ވަޒީފާއިން ވަކިކޮށްދެނޭކަމަށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

އިތުރު އިރުޝާދު

  • ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރާ ލިއުމާއި، ޓްރާންސް ކްރިޕްޓާއި، އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ކޯހެއްކަމާއި، އެކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއި އެކު ހުށަހަޅަންވާނެއެވެ.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 86 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިމަޤާމަށްހޮވޭ މުވައްޒަފު ދާއިމީ ކުރެވޭނީ 03 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެމުވައްޒަފުގެ ޕާރފޯމެންސްއަށް ބެލުމަށްފަހުގައެވެ.
  • މަތީގައިވާ މަޤާމްގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

 

 

ޕޮއިންޓް ދެވޭ ގޮތް

-          ލިބިފައިވާ ތަޢުލީމާއި ތަމްރީން %30

-          ލިބިފައިވާ ތަޖުރިބާ

-          މަސައްކަތަށް ބޭނުންވާ ހުނަރު

-          ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު %50

 

ސުންގަޑި 

12 މާރޗް 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް ( ތީމުގެ، އާބުރުޒުހިނގުން ) ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

 

04 މާރިޗު 2018
ހޯދާ