މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

     

މަޤާމު:

ލޯންޗު ޑްރައިވަރ

މަޤާމުގެ ނަންބަރ:

(J223017)

ބޭނުންވާ ޢަދަދު:

1 އެކެއް

ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 3

ކުލެސިފިކޭޝަން:

ސަޕޯޓްސް ސްޓާފް ގްރޭޑް 3

ސެކްޝަން:

ކޯޕަރޭޓިވް އެފެއާރޒް

އޮފީސް / އިދާރާ:

މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް:

މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާ / މ. މުލި

މުސާރަ:     

3875.00ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

1000.00ރުފިޔާ (މަހަކު)

ސަޕޯޓިންގ ކޯ އެލަވަންސް 1

1200.00ރުފިޔާ (މަހަކު)

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސާރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

(މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ އިޔާޔަތްތައް)

 

މަޤާމުގެ މަސްޢޫލިއްޔަތާއި ވާޖިބުތައް:

 

 

1.      އަތޮޅުކައުންސިލްގެ އިދާރާގެ މަތިފަޅު ލޯންޗުގައި ކުރަންޖެހޭ ދަތުރުތައް، (ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން) ކުރުމުގައި ކެޕްޓަން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.

 

2.     އަތޮޅުކައުންސިލްގެ އިދާރާގެ މަތިފަޅު ލޯންޗް ދުއްވާއިރުގައާއި ފަޅުގައި އޮންނައިރު، ލޯންޗައް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، ލޯންޗުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

 

3.      ލޯންޗުގެ އިންޖީނަށްބޭނުންވާ ޕެޓިރޯލާއި، އަޑީތެލާއި، އެހެނިހެންސާމާނާއި އަދި މީގެއިތުރުންވެސް ލޯންޗަށް ހޯދަންޖެހޭ ތަކެތި ކަމާބެހޭ މުވައްޒަފަށް ދަންނަވައިގެން ހޯދުމާއި، އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ހަލާކުވާތަކެތި ކަމާބެހޭ ސެކްޝަނާ ހަވާކުރުން.

 

4.      ދަތުރަށް ފެށުމުގެކުރިން ސަލާމަތާބެހޭތަކެއްޗާ މުއާސަލާތުގެތަކެއްޗާއި ދަތުރަށް ބޭނުންވާ ޕެޓިރޯލާއި އެހެނިހެން ތަކެތި ހަމަޔަށްހުރިތޯބަލާ ޗެކްކުރުން.

 

5.      ލޯންޗުގެ ސަލާމަތީސެޓްފިކެޓްގެ މުއްދަތުހަމަވުމުގެކުރިން ސެޓްފިކެޓް ހެއްދުމަށް ކަމާބެހޭ މުވައްޒަފަށް ހުށަހެޅުން.

 

6.      ލޯންޗް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ލޯންޗުގެ ފަޅުވެރިންނާ ހަވާލުކޮށްފައިވާ މަސައްކަތް އެމީހުންލައްވާކުރުވުމާއި، އެމީހުންގެ މަސައްކަތް ސުޕަވައިޒްކުރުން.

 

7.      އަތޮޅު ކައުންސިލް އިދާރާގެ މަތިފަޅު ލޯންޗު ފަޅުގައި އަޅާފައި އޮންނައިރު ދިޔަހިއްކޭތޯ ބެލުމާއި ވާވެލާވެލިހުރީ ރަނގަޅަށްތޯމަދުވެގެން ދުވާލަކު އެއްފަހަރުބަލައި ގޯސްކޮށްހުރިނަމަ އެކަމެއް ފަޅުވެރިންނަށް އަންގައިގެން ރަނގަޅުކުރުން.

 

8.     އަތޮޅު ލޯންޗުގެ ފެހިކެހުމާއި ފަޅުގައި އަޅާފައި އޮންނައިރުގައާއި ދަތުރުތައް ނިންމުމަށްފަހު އެނބުރި ރަށަށްއައިސް ލޯންޗުރަނގަޅަށް ސާފުކޮށް ހަޑިނުވެ އޮންނާނޭހެން ޤަވާޢިދުން މަސައްކަތްކުރަމުން ގެންދިއުމާއި ފަޅުވެރިންލައްވާ ކުރުވުން.

 

9.     ދަތުރުތަކުގައި މަޑުކުރާ ރަށްރަށުގައި މަތިފަޅުލޯންޗު ރަނގަޅަށް ބެލެހެއްޓުމާއި ފަޅުވެރިންލައްވާ އެކަން ކުރުވުން. (ލޯންޗު މަޑުކުރާ ރަށްރަށުގައި ފަޅުގައި ލޯންޗު އޮންނައިރު މަދުވެގެން އެކަކު ލޯންޗުގައިނެތި ހުރިހާމީހުން ލޯންޗުން ފައިބައިގެން ގޮސްގެން ނުވާނެއެވެ.)

10.  ދަތުރުކޮށް ނިމުމާއެކު ދަތުރުލޮގު ފުރިހަމަ ކުރުމަށްފަހު (ދަތުރުފެށި ގަޑި، ދަތުރު ނިންމިގަޑި، ދަތުރުކުރި ތާރީޚް، ދިޔަރަށް، ދަތުރުގެ ބައިވެރިން އަދި ދަތުރުގެ ބޭނުން) ވީ އެންމެ އަވަހަކަށް ކަމާބެހޭ މުވައްޒަފަށް ޙަވާލުކުރުން.  

 

11.  އަތޮޅު ލޯންޗު އެހެލާ ބޭލުމުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް އަތޮޅު ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެމަތީން ކުރުމާއި ފަޅުވެރިންލައްވާ ކުރުވުން.

 

މަޤާމުގެ ޝަރުތުތައް:

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.
  1. ނުވަތަ

 

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. 

ކަނޑައެޅިފައިވާ ދާއިރާ

  • ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަދުފަހަރު ދުއްވުން.

 

ވަޒީފާ އަށް އެންމެ ޤާބިލު

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

  1. ލިބިފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން. 
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން.
  3. ލިބިފައިވާ ހުނަރު، ފެންވަރު، ޞިއްޙަތު، ގާބިލްކަމަށް ބަލައިގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމް އަދި ޗެކް ލިސްޓް (ސިވިލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމް އަދި ޗެކް ލިސްޓް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

   އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ. މެއިލް އެޑްރެސް ހިމެނޭގޮތަށް.)

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑްގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)

 

  1. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ / އިދާރާގެ ލިޔުން.

 

  1. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ  އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން

   ފެންވަރުބަލާފައިވާ ސެޓްފިކެޓް ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓެފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

  

  1. ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

 

  1. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

 

  1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖްރިބާ ދެނަގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ

މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  1. ޞިއްޙީޙާލަތު ހުރިގޮތް އަންގައިދޭ މެޑިކަލް ރިޕޯރޓް.

 

މަޤާމަށް އެދެންވީ ގޮތާއި

ސުންގަޑި:

  • ވަޒީފާއަށް އެދޭ ފޯމު މި ކައުންސިލް (މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ) ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.meem.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 މާރޗް 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މި އިދާރާގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ ([email protected] އެވެ. ފެކްސް ނަންބަރަކީ، (6720017)  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

 

އިންޓަވިއު

އޮންނާނެ ތަނާއި މުއްދަތު:

  • މިމަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 13 މާރޗް 2018އާއި، 15 މާރޗް 2018އާއި ދެމެދު މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ވުމާއި އެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚް ތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

ޝޯޓް ލިސްޓް ކުރުން:

  • މިވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 5 އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހަކު ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދައްވެގެން ލިބެންޖެހޭ އިންސައްތަ:

ޖުމްލަ އިންސައްތަ %30

އިތުރު މަޢުލޫމާތު ހޯދުން:

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، މި ކައުންސިލް އިދާރާގެ 6720600 ނަމްބަރު ފޯނާއެވެ. ފެކްސް ކުރައްވާނަމަ ނަމްބަރަކީ 6720017 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

 

 10 ޖުމާދަލްއާޚިރާ 1439ޙ.

26 ފެބުރުވަރީ 2018
ހޯދާ