މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރިޔާދުގެ މަރާމާތުކުރުމުގެ މަސައްކަތް

އިޢުލާން

           މި އިދާރާގެ ބެލުމުގެ ދަށުގައިވާ މަރިޔާދުގެ އަމިއްލަތަކެތީގައި މަރާމާތުކުރުމަށް ޝަޢުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު، މި އިދާރާގެ ނަންބަރު (IUL)227-GA/227/2018/8 (08 ފެބްރުއަރީ 2018) ޢިއުލާނާއި ގުޅިގެން އަދި (IUL)227-GA/227/2018/11 (19 ފެބްރުއަރީ 2018) ޢިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށައަޅުއްވާފައިނުވާތީ، މި ދެ އިޢުލާން ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

           ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 2018 މާރިޗް 7ވާ ބުދަ ދުވަހުގެ 10:30 އަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 މާރިޗް 14ވާ ބުދަ ދުވަހުގެ 10:30އށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކާއި ލޯކަލް އިންވެސްޓްމަންޓްތަކަށެވެ.

           މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                16 ޖުމާދަލްއާޚިރާ 1439

                04 މާރިޗު     2018       

 

04 މާރިޗު 2018
ހޯދާ