މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ރ. ދުވާފަރު ބޮޓްލިންގ ބިލްޑިންގް ގެ އިންޓީރިއާ އަދި ބައުންޑްރީ ވޯލް ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް

ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ

މާލެ، ދިވެހިރާއްޖެ

ފޯން: 3323209 ، ފެކްސް: 3324306

MWSC-A/7/ADV/2018/028

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

 ރ. ދުވާފަރު ބޮޓްލިންގ ބިލްޑިންގް ގެ އިންޓީރިއާ އަދި ބައުންޑްރީ ވޯލް ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން ރ. ދުވާފަރު ބޮޓްލިންގ ބިލްޑިންގް ގެ ބައުންޑްރީ ވޯލް އަދި ފުރަތަމަ ފަންގިފިލާގެ އިންޓީރިއާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 200.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 04 މާރިޗު 2018 އިން 06 މާރިޗު 2018 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 06 މާރިޗު 2018 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.                             

 ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 08 މާރިޗު 2018 ވާ ދުވަހު 11:00 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 13 މާރިޗު 2018 ވާ ދުވަހު 11:30 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު -/10000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވާރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ % 10 ބިޑް އެވޯރޑްކުރެވޭތާ 14 ދުވަސްތެރޭގައި ހުށައަޅަންވާނެއެވެ.

01 މާރިޗު 2018

 

 ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

01 މާރިޗު 2018
ހޯދާ