ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ގޭޓު ހެދުން

ޢިއުލާން

                    

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ހދ.ކުޅުދުއްފުށި ކެމްޕަހުގެ އިރުމަތި ފަރާތުގައި ހުރި ގޭޓް ނައްޓައި ރޭނުމާއި އިރުމަތި ފަރާތުގައި އިތުރު ގޭޓެއް ކަނޑައި ބެހެއްޓުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން MNU-KC/2017/17 އަށް އެކަށީގެންވާ އަދަދަށް އިޖާބަ ލިބިފައި ނުވާތީ އެ އިއުލާން ބާޠިލުކޮށް އަލުން އިއުލާންކުރީމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

ތަފްސީލު

ތާރީހް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

06މާރިޗު 2018

10:00

އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސް

އަންދާސީ ހިސާބު ހުށައެޅުން

08 މާރިޗު 2018

10:00

އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސް

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

04 މާރިޗު 2018
ހޯދާ