މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ޒުވާނުންގެ ކާބޯތަކެތީގެ މަޢުރަޒު

                        އިޢުލާން       

              

ޒުވާނުންގެ ކާބޯތަކެތީގެ މަޢުރަޒު

 

        ދިވެހި ޒުވާނުންގެ ކުރިއެރުމާއި ފާގަތިކަމަށް މިމިނިސްޓްރީގެ ފަރާތުން ހިންގާ ތަފާތު ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނޭ " ޒުވާނުންގެ ކާބޯތަކެތީގެ

މަޢުރަޒު " 17 މާރިޗު 2018 (ހޮނިހިރު) ދުވަހުގެ 16:00 ން 23:00 އަށް ޒުވާނުންގެ މަރުކަޒު (ސޯޝަލް  ސެންޓަރ ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޢުރަޒު ބޭއްވުމުގެ މަޤުޞަދަކީ މި ދާއިރާގައި މަސައްކަތްކުރާ ޒުވާނުންގެ މަސައްކަތްތަކާއި، ހުނަރު އެހެން ފަރާތްތަކަށް ތަޢާރަފް ކޮށްދިނުމާއި، ވިޔަފާރި އިތުރަށް

ފުޅާކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، އަމިއްލަ މަސައްކަތުން ފުދުންތެރި ދިރިއުޅުމެއް ބިނާކުރުމުގެ މަގު ފަހިކޮށްދިނުމެވެ.

މި މަޢުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުން 11 މާރިޗު 2018 (އާދިއްތަ) ދުވަހުގެ 13:30 ގެ ކުރިން ބައިވެރިވުމަށް

އެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު ޒުވާނުންގެ މަރުކަޒުގެ (ސޯޝަލް ސެންޓަރ) އަށް ހުށަހެޅުއްވުން އެދެމެވެ. މި މަޢުރަޒުގައި ބައިވެރިވުމަށް އެއްވެސް ފީ އެއް

ނަގާގޮތަށް ހަމަޖެހިފައި ނުވާ ވާހަކަ ވެސް ދަންނަވަމެވެ.

ފޯމް ލިބިވަޑައިގަންނަވާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގޭ 3 ވަނަ ފަންގިފިލާ) ގެ ކައުންޓަރުންނާއި ، ޒުވާނުންގެ މަރުކަޒުންނެވެ. އަދި

މިނިސްޓްރީގެ ވެބް ސައިޓް www.youth.gov.mv   އިން ލިބެން ހުންނާނެއެވެ. ފޯމްތައް ބަލައިގަންނާނީ ޒުވާނުންގެ މަރުކަޒުގެ ކައުންޓަރުން އަދި

 [email protected]  އިންނެވެ.

        އިތުރު މަޢުލޫމާތު ހޯދެއްވުމަށް 3323860،3313912 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ.

                  13 ޖުމާދަލްއާޚިރު 1439    

01 މާރިޗު 2018
ހޯދާ