އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހަނދާނީ ބިނާ ފަރުމާކުރުން

މިއަތޮޅުގެ ޞިއްޙީ ޚިދުމަތަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން "ގޯލްޑަން ޖުބްލީ" ރަމްޒުކޮށްދޭ ހަނދާނީ ބިނާއެއް ފަރުމާ ކުރުމަށް ބޭނުންވެއްޖެއެވެ. މި ހަނދާނީ ބިނާ ހެދުމަށް ހުށަހަޅާ ފަރުމާތަކުގެ ތެރެއިން، މުނާސަބާގައި ބޭނުންކުރުމަށް ހޮވޭ ފަރުމާ ހުށަހެޅި ފަރާތަކަށް -/15000 (ފަނަރަހާސް ރުފިޔާ) ގެ ފައިސާގެ ޢިނާމެއް ދެވޭނެއެވެ.

 

ހަނދާނީ ބިނާ ފަރުމާ ކުރުމުގައި ބަލާނެ މައިގަނޑު ކަންތައްތަކާއި ބަލާނެ މިންގަނޑުތައް.  

-          އަރިއަތޮޅުގެ ޞިއްޙީ ޚިދުމަތަށް 50 އަހަރު ފުރިފައިވާކަން ރަމްޒުކޮށްދޭ ފަރުމާއަކަށްވުން.

-          އެއްވެސް ތަނެއްގައި ނުވަތަ ކަމެއްގައި ބޭނުންކުރަމުންދާ ނުވަތަ ބޭނުންކޮށްފައިވާ ފަރުމާއަކަށް ނުވުން. (ކޮޕީއަކަށްނުވުން)

-          ތައްޔާރުކުރާ ފަރުމާގައި ރަމްޒުކޮށްދޭ އެއްޗެއް ނުވަތަ ކަމެއްގެ ތަފްޞީލް ލިޔުމުން ހުށަހެޅުން.

-          މަޢުދަނެއްގައި ނުވަތަ ފައިބަރުގައި ކަނޑާނަގައިގެން ސިފަފާޅުކުރެވޭގޮތަށް ފަރުމާކުރެވިފައިވުން.

-          ހުށަހަޅާ ފަރުމާގެ ކަޅާއި ހުދުގެ (ބްލެކް އެންޑް ވައިޓް) ހާޑު އަދި ސޮފްޓްކޮޕީ ހުށަހެޅުން.

-          ސިލްވަރ، ކަޅު ނުވަތަ ހުދުކުލަ ބޭނުންކޮށްގެން ނުވަތަ މި ތިންކުލައިގެ ޝޭޑެއް ބޭނުންކޮށްގެން ހަނދާނީ ބިނާ ރީތިވާނެ ގޮތަކަށް ފަރުމާކުރުން.

-          ހަނދާނީ ބިނާ ފަރުމާ ކުރެވިފައި ހުންނަންވަނީ 6x4x4 ފޫޓުގެ ކޮޑިމިނުގެ ތެރެއަށް ފެތޭގޮތަށް ،ބިނާ ހަދާ ފަރާތަށް ބޭނުންވާނެ މިންތައް އެނގޭ ގޮތަށެވެ.

-          ހުށަހަޅާ ފަރުމާތައް ހުންނަންވާނީ 3D  ކޮށެވެ.

            ވީމާ، ހަނދާނީ ބިނާ ފަރުމާ ކުރުމަށް ބޭނުންވާ ފަރާތްތަކުން 15 މާރޗް 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ތައްޔާރުކުރި ފަރުމާގެ ކޮޕީއާއި، ފަރުމާ ތައްޔާރުކުރި ފަރާތުގެ ވަނަވަރު މި ހޮސްޕިޓަލަށް ހުށަހެޅުން އެދެމެވެ. މިގޮތުން ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "50 އަހަރުގެ ޞިއްޙީ ޚިދުމަތުގެ ހަނދާނީ ބިނާ ފަރުމާކުރުން" ލިޔެފައި އޮންނަންވާނެއެވެ. އީ މެއިލް މެދުވެރިކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން   [email protected]   އަށް މެއިލް ކުރުން އެދެމެވެ.

01 މާރިޗު 2018
ހޯދާ