މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ނބަލުންނަށް ހާއްސަ ލޯން ޕްރޮގްރާމް 2018 ގައި ބައިވެރިވުމަށް ފޯމް ސަބްމިޓް ކުރުމުގެ ޑެޑްލައިން އިތުރުކުރުން

އިޢުލާން

ކަނބަލުންނަށް ހާއްސަ ލޯން ޕްރޮގްރާމް 2018 ގައި ބައިވެރިވުމަށް ފޯމް ސަބްމިޓް ކުރުމުގެ ޑެޑްލައިން އިތުރުކުރުން

މި މިނިސްޓްރީގެ އިއުލާން ނަމްބަރ: (IUL)101-EP/1/2018/36 (19 ފެބްރުއަރީ 2018) އާއި ހަވާލާދީ ދަންނަވަމެވެ. އެ އިއުލާނުގައި ކަނބަލުންގެ ހާއްސަ ލޯނު ޕްރޮގްރާމަށް ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 25 ފެބްރުއަރީ 2018 އިން 1 މާރޗް 2018 ނިޔަލަށެވެ.

ނަމަވެސް، ވަގުތު ހަމަވީއިރުވެސް ގިނަ ފަރާތްތަށް ބައިވެރިކުރުމަށް އެދޭތީ، އެފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަނބަލުންގެ ހާއްސަ ލޯނު ޕްރޮގްރާމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު 8 މާރޗް 2018 ގެ ނިޔަލަށް އިތުރު ކުރިވާހަކަ ދެންނެވީމެވެ. މިގޮތުން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދު ނޫންކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 2:00 އަށް ތިރީގައިވާ ތަންނަނުންނެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ ތަންތަން:

  1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓް، ބޮޑުތަކުރުފާނުމަގު، މާލެ 1691
  2. ހދ. ކުޅުދުއްފުށި ބިޒްނަސް ސެންޓަރ، ހޮޓްލައިން 7917089
  3. ޅ. ނައިފަރު ބިޒްނަސް ސެންޓަރ، ހޮޓްލައިން  7918432
  4. ދ. ކުޑަހުވަދޫ ބިޒްނަސް ސެންޓަރ، ހޮޓްލައިން 7918495
  5. ލ. ފޮނަދޫ ބިޒްނަސް ސެންޓަރ، ހޮޓްލައިން 7914431
  6. ގދ. ތިނަދޫ ބިޒްނަސް ސެންޓަރ، ހޮޓްލައިން 7913715
  7. ސ. ހިތަދޫ ބިޒްނަސް ސެންޓަރ، ހޮޓްލައިން 7916947

 މި މުއްދަތުގައި އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާނަމަ، [email protected] އަށް އީމެއިލް ފުނޮއްވައިގެންވެސް ފޯމް ހުށަހެޅުއްވޭނެއެވެ. އަދި މިހާތަނަށް ކަނބަލުންނަށް ހާއްސަ ލޯން ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުއްވި ފަރާތްތަކުން އަލުން ޕްރޮޕޯސަލް ހުށަހަޅަން ނުޖެހޭނެވާހަކަ ދެންނެވީމެވެ.

މި ލޯން ސްކީމާބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުގެ ވެބްސައިޓްwww.trade.gov.mv އިން ލިބެންހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 1691 ނަމްބަރަށް ގުޅުއްވުމަށް ދަންނަވަމެވެ.

‏14‏ ޖުމާދަލްއާޚިރާ‏ 1439

                                                           01 މާރޗް‏ 2018

01 މާރިޗު 2018
ހޯދާ