ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ހޯދުން

ނަންބަރު: IUL)196-C/1/2018/16)

އިޢުލާން

މި އޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް މިއޮފީހުގެ ބޭނުމަށް ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫގައި ހުރި ޢިމާރާތެއް މަރާމާތު ކުރުމަށް ބޭނުންވާ ތަކެތި ފ. ނިލަންދޫއަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)196-C/1/2018/14)  އިޢުލާނާ ގުޅިގެން، އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް އެންމެ ފަރާތަކުން ވަޑައިގެންފައިވާތީ އެ އިޢުލާން ބާޠިލްކުރުމަށްފަހު ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2018 މާރިޗު 08 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 މާރިޗު 15 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު، މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

28 ޖުމާދަލްއާޚިރާ 1439

28 ފެބުރުވަރީ 2018
ހޯދާ