މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޕަބްލިކް ރިލޭޝަން އޮފިސަރ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާން

މަގާމް

ޕަބްލިކް ރިލޭޝަން އޮފިސަރ

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް

ބޭނުންވާ އަދަދު

01 (އެކެއް)

މުސާރަމަހަކު

-/8100 ރުފިޔާ

އިތުރު އިނާޔަތްތައް: ނިކުންނަ ކޮންމެ ދުވަހަކު -/43 ރުފިޔާ އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

މ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގެ  "އިސްލާމިކް ސްޓޫޑީއޯ" ރަސްމީ މަސައްކަތް ވަގުތަކީ، ހަފުތާގެ ރަސްމީ މަސައްކަތު 05 ދުވަހުގެ ހެނދުނު 08:00 ން މެންދުރުފަހު 14:00 އަށް.

މަގާމުގެ ޝަރުތު

 

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ ،
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.ނުވަތަ،
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއިއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު

  1. މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުތަކާއި ޙަފުލާތަކާ ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި ބެލެހެއްޓުން.
  2. މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުތަކާއި، ހަރަކާތްތަކުގެ މަޢުލޫމާތު އާންމުންނަށް ދިނުމުގެގޮތުން ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ހިންގައި ބެލެހެއްޓުން.
  3. މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދާއިރާއިން ކުރާ މުހިންމު ކަންތައްތަކާއި ހިންގާ މަޝްރޫޢުތަކާއި ޕްރޮގްރާމުތަކުގެ ޚަބަރާއި މަޢުލޫމާތު ފެތުރުމާއި މި ދާއިރާގެ ކަންތައްތަކާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ހިންގުން.
  4. ޚަބަރުފަތުރާ ވަސީލަތްތަކުން މިމިނިސްޓްރީގެ ދާއިރާއާއި ގުޅޭ މަޢުލޫމާތާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި ބައިވެރިވާ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން.
  5. މިނިސްޓްރީއާއި ދާއިރާއިން ބާއްވާ މީޑިއާ އިވެންޓުތަކުގެ މަޢުލޫމާތު ލިޔެ ތައްޔާރުކޮށް، ފޮޓޯ/ވީޑިއޯ ނެގުމާއެކު ލަސްނުކޮށް، ޚަބަރުފަތުރާ ވަސީލަތްތަކަށް ފޮނުވުމާއި، މިނިސްޓްރީގެ ވެބްސައިޓާއި، މިނިސްޓްރީން ބޭނުންކުރާ ސޯޝަލް މީޑިއާ ސައިޓުތަކުގައި ޝާއިޢުކުރުން.
  6. މިނިސްޓްރީއާއި ދާއިރާއާ ބެހޭގޮތުން ޚަބަރުފަތުރާ ފަރާތްތަކުން ފަތުރާ މަޢުލޫމާތާއި ޚަބަރު މޮނިޓަރކޮށް، އޭގެ ރިކޯޑުތައް ބެލެހެއްޓުމާއި، އެފަދަ ޚަބަރުތަކާ ގުޅިގެން މިނިސްޓްރީއާއި ދާއިރާއިން ޖަވާބުދީ ކަމެއް އޮޅުންފިލުވައިދޭން ޖެހިއްޖެ ހާލަތެއްގައި އެކަމަކަށް މަގުފަހިކޮށްދީ، މިނިސްޓަރުގެ ލަފާގެމަތިން މަޢުލޫމާތުދޭނެގޮތެއް ކަނޑައަޅައި ހަމަޖެއްސުން.
  7. މިނިސްޓްރީން ރާވައި ހިންގާ އިވެންޓުތަކުގެ މަޢުލޫމާތު އިސްވެ ހޯދުމަށް މަސައްކަތްކުރުމާއި، އެފަދަ އިވެންޓުތަކަށް ބޭނުންވާ މީޑިއާ ކަވަރޭޖުގެ ކަންކަން ރާވައި އިންތިޒާމުކުރުމާއި، ވެބްސައިޓާއި މިނިސްޓްރީން ބޭނުންކުރާ ސޯޝަލް މީޑިއާ ސައިޓުތަކުގައި އެފަދަ ކަންކަން ދުރާލައި ހިމެނުން.
  8. އާންމުންނަށް އެނގެންޖެހޭ މަޢުލޫމާތު ހާމަކުރުން. މިގޮތުން، މިނިސްޓްރީގެ ވެބްސައިޓުގައި މިފަދަ ހުރިހާ މަޢުލޫމާތެއް އަޕްޑޭޓުކޮށް ހުރިކަން ޔަގީންކުރުން.
  9. މީޑިއާގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.
  10. މިނިސްޓްރީން ތައްޔާރުކުރަން ބޭނުންވާ ޕްރެޒެންޓޭޝަން، މީޑިއާކިޓް، ލުއިފޮތް، މަޢުލޫމާތު ކަރުދާސް، ލީފްލެޓް ފަދަ ތަކެތި، ލޭއައުޓް ހަދައި ފަރުމާކޮށް، ތައްޔާރުކުރުން.
  11. މީޑިއާއިން ހުށަހަޅާ ސުވާލުތަކާއި އެޕޮއިންޓްމަންޓްތަކަށް އެޓެންޑުކުރުން.
  12. މީޑިއާތަކުން މިނިސްޓްރީއާ ގުޅޭގޮތުން ގެނެސްދޭ ޚަބަރުތައް ދިރާސާކޮށް، ކަމާގުޅޭ މަޢުލޫމާތު، ވެރިންނާ ހިއްސާކުރުން.
  13. ކޮންމެ އަހަރަކުވެސް އެ އަހަރެއްގެ ޑިސެންބަރުމަހުގެ 15 ވަނަ ދުވަހުގެ ކުރިން، އަހަރު ތެރޭގައި ކުރެވުނު މަސައްކަތާބެހޭ ރިޕޯޓު ތައްޔާރުކުރުން.
  14. މީޑިއާ އިވެންޓްތަކާއި، މިނިސްޓްރީގެ ފަރާތުން ބާއްވާ އިވެންޓްތަކަށް ދަޢުވަތު ކާޑު، ބެނަރ ފަދަ ތަކެތި ޑިޒައިންކުރުން.
  15. މީޑިއާ ކޮމިއުނިކޭޝަން ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  16. މިނިސްޓްރީގެ މަސައްކަތްތަކާއި އެނޫންވެސް ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ބޭނުންވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ މީޑިއާތަކާއި، އެނޫންވެސް ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުވައިދިނުން.
  17.  މީޑިއާގެ ކަންކަން ރަގަޅުކުރުމަށް ކުރިއަށް އޮތް އަހަރަށް ބަޖެޓް ތައްޔާރުކުރުން.
  18. މުންނާރު ޗެނަލްއަށް ތައްޔާރުކުރާ ޕްރޮގްރާމް ތަކުގެ ކޮންސެޕްޓް އެކުލަވާލުން.
  19. މުންނާރު ޗެނަލަށް ޕްރޮގްރާމް ތައްޔާރުކުރުން.
  20. މަތީގައި ދެންނެވިފައިވާ މަސައްކަތުގެ އިތުރުން ދާއިރާއާ ގުޅޭގޮތުން އޮފީހުން އަންގާ ކަންކަން ކުރުން.

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ފޯމް / މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް އެޑްރެސް  www.islamicaffairs.gov.mv   އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އަދި ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  1. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ގެ ކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ.

 

ސުންގަޑި

  • 2018  މާރޗް 11 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް  (އިސްލާމީ މަރުކަޒު)
  • މި މަޤާމުގެ އިންޓަވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ 30 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.
  •  ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232.3020287 އަށެވެ.
  • އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

 

11 ޖުމާދަލްއާޚިރާ 1439

28 ފެބުރުވަރީ 2018
ހޯދާ