މަގާމް
|
ގްރެފިކްސް ޑިޒައިނަރ
|
މަޤާމުގެ ބާވަތް
|
ކޮންޓްރެކްޓް
|
މުއްދަތު: 01 އަހަރު
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މުސާރަ މަހަކު
|
-/9،500ރުފިޔާ
|
އިތުރު އިނާޔަތް: ނިކުންނަ ކޮންމެ ދުވަހަކު -/50 ރުފިޔާ
|
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން
|
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގެ "އިސްލާމިކް ސްޓޫޑީއޯ"
|
މަގާމުގެ ޝަރުތު
|
ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.
|
މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތު
|
- އިސްލާމިކް ސްޓޫޑިއޯއިން އުފައްދާ ޕްރޮގްރާމްތަކަށް ބޭނުންވާ ގްރެފިކްސް ތައްޔާރު ކޮށްދިނުމާއި ސްޓޫޑިއޯއިން އުފައްދާ ޕްރޮގްރާމްތަކަށް ބޭނުންވާނޭ އުފެއްދުންތެރި ޚިޔާލުދިނުމާއި، މި މިނިސްޓްރީއިން ބޭނުންވާ ތަފާތު މެޓީރިއަލްސްގެ ޑިޒައިނިންގ ތައްޔާރުކޮށްދިނުން.
- މުންނާރު ޗެނަލުން އުފައްދާ ޓީވީ ޕްރޮގްރާމް ތަކަށް ބެނުންވާ ގްރެފިކްސް ތައްޔާރުކުރުން.
- މިނިސްޓްރީގެ ސޯޝަލް މީޑިއާ އަދި"ބްރޭންޑިންގ ސްޓޭންޑަޑް" ތަކަށް ބޭނުންވާ މިންގަޑުތައް ހަދައި އެ މިންގަނަޑުތައް ބެލެހެއްޓުން.
- މަތީގައި ދެންނެވިފައިވާ މަސައްކަތުގެ އިތުރުން ދާއިރާއާ ގުޅޭގޮތުން އޮފީހުން އަންގާ ކަންކަން ކުރުން.
|
ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް
|
- ވަޒީފާއަށް އެދޭ ފޯމް / މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
މި މަގާމަށް މީހުން ހޮވުމާއިބެހޭ އިތުރު މަޢުލޫމާތު: މި މަޤާމަށް މީހުން ހަމަޖެއްސުމުގައި މަސައްކަތުގެ ދާއިރާއިން ޙާސިލްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެއެވެ.
|
ސުންގަޑި
- 2018 މާރޗް 11 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް ( އިސްލާމީ މަރުކަޒު )
ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232.3020287 އަށެވެ.
- އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|