ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމާރީ ހަވޮއްޑާ މޯލްޑިވްސް ރިސޯޓް އިން ގެންނަ ކުނި މެނޭޖްކުރުމާއިބެހޭ؛

އަމާރީ ހަވޮއްޑާ މޯލްޑިވްސް ރިސޯޓް އިން މިރަށަށް ގެންނަ ކުނިތައް ދޯނިން ޖެޓީ ސަރަޙައްދަށް ހުސްކުރުމަށްފަހު، ކުނިގޮނޑަށް ގެންގޮސް ނައްތާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، 2018 މާރިޗު 06 ވަނަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މަތީގައިވާ ގަޑިތަކުގައި މިއިދާރާގެ މީޓިންގ ރޫމް ގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި "އަމާރީ ހަވޮއްޑާ މޯލްޑިވްސް ރިސޯޓް އިން ގެންނަ ކުނި މެނޭޖްކުރުމާއިބެހޭ" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރ 2014/18 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި އަންދާސީ ހިސާބު ހުށައެއްނޭޅޭނެއެވެ. ވިޔަފާރީ ރަޖިސްޓްރީކޮށްފައިވާ ފަރާތްނޫން އެހެންފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާނަމަ އެފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ސިޓީއަކާއިއެކު އެ ތަނުގެ ރަޖިސްޓްރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމުގެ ކުރިން ނުވަތަ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ފެބުރުވަރީ 2018
ހޯދާ