މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮންޓްރޯލް ޑްރަގްސް ލިއުމަށް ޚާއްސަކުރެވިފައިވާ ބްލޫޕްރިސްކްރިޕްޝަން ފޮތް 3 އަހަރުގެ މުއްދަތަށް ޗާޕްކޮށް ވިއްކާނެ ފަރާތެއް ހޯދުމަށް

އިޢުލާން

              ކޮންޓްރޯލް ޑްރަގްސް ލިއުމަށް ޚާއްސަކުރެވިފައިވާ ބްލޫޕްރިސްކްރިޕްޝަން ފޮތް 3 އަހަރުގެ މުއްދަތަށް ޗާޕްކޮށް ވިއްކާނެ ފަރާތެއް ހޯދުމަށް 14 ފެބުރުވަރީ 2018 ގައި ކުރެވުނު ނަމްބަރ(IUL)23-AP/23/2018/43: އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ ދެ ފަރާތުންކަމަށްވާތީ ވާދަކުރާނެ ތިންފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 މާރިޗު 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މާރިޗު 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

11 ޖުމާދަލްއާޚިރު 1439

27 ފެބުރުވަރީ 2018
ހޯދާ