ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
Part time lecturer in hoadhumah

   ސްކޫލް އޮފް ނަރސިންގ       

                                                                                                                                   ނަންބަރު:04/2018/MED-153-SN

އިޢުލާން

 

                     ސްކޫލް އޮފް ނަރސިންގ އިން މާލޭ ކެމްޕަސްގައި ހިންގާ ކޯސްތަކުގެ މާއްދާތަށް ޕާރޓް ޓައިމްކޮށް ކިޔަވައި ދެއްވާނެ ލެކްޗަރަރ އިން ހޯދުމަށް ވަނީ ބޭނުންވެފައެވެ.

 

                     ވީމާ، ކިޔަވައި ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 06 މާރިޗް 2018 ވާ އަންގާރާ ދުވަހުގެ މެންދުރު 12:00 ކުރިން ސްކޫލް އޮފް ނަރސިންގ އަށް، ތަޢުލީމީ ސެޓްފިކެޓް ތަކާއެކު ސިޓީ ފޮނުއްވުން އެދެމެވެ.

 

 

 

ޓީޗަރުގެފެންވަރު ނުވަތަ ޝަރުތު:        ގުޅޭ ދާއިރާއިން އެންމެ ދަށްވެގެން ޑިޕްލޮމާ ނުވަތަ އެއާއި އެއްވަރު ސަނަދެއް  ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުން ހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

 

ކިޔަވައި ދޭންޖެހޭ މުއްދަތު:               11 މާރިޗް 2018 ން 16 ޖޫން 2018ގެ ނިޔަލަށް

 ލެކްޗަރ ގަޑިތައް އަދި ޓިއުޓޯރިއަލްގެ އިތުރުން މަތީގައި ދެންނެވިފައިވާ މާއްދާތަކުގެ އައުޓްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން އެމާއްދާއެއްގެ ޓެސްޓުޕޭފަރ އެކުލަވާލާ، އެސައިންމަންޓް ތައްޔާރުކޮށް މާރކްކުރުމާއި މިޑިޕާރޓްމެންޓުން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް ކްލާސްތައް ބޭއްވުން.

 

ނޯޓް: މަތީގައި ދެންނެވިފައިވާ މާއްދާތަކުގެ ހުރިހާ ގަޑިތަކެއް ނަގާ ދޭންވާނީ މި ސްކޫލުން ހަދާފައިވާ ޓައިމްޓޭބަލާއި އެއްގޮތަށެވެ.

 

ހުށަހަޅަންޖެހޭ ލިއުންތައް:

1. ކިޔަވައިދޭ މާއްދާގެ ރޮގުން ތަޢުލީމު ފުރިހަމަ ކޮށްފައިވާކަމުގެ ސަނަދު (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަޞްލު)

2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 

             

             

27 ފެބުރުވަރީ 2018
ހޯދާ