މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ކައުންސެލިންގ ކޯޑިނޭޓަރ

މަޤާމް:

ކައުންސެލިންގ ކޯޑިނޭޓަރ (ފުލްޓައިމް)

ބޭނުންވާ އަދަދު

1 (ދޭއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (01 އަހަރު)

ސެކްޝަން:

ފިޔަވަތި، ހުޅުމާލެ

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފިޔަވަތި، ހުޅުމާލެ (ހަފްތާއަކު 15 ގަޑިއިރު)

މަސައްކަތުގެ އެލަވަންސް:

-/12000 ރުފިޔާ

މަޤާމުގެ ޝަރުތު:

-ކައުންސެލިން އެންޑް ސައިކޮ ތެރަޕީން މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.

- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 4 އަހަރު މަސައްކަތްކޮށްފައިވުން.

-ސައިކޮތެރެޕީގެ ޚިދުމަތާ ގުޅޭ ތަމްރީން ދިނުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށްވުން.

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފިޔަވަތި ގައި ތިބޭ ކުދިންނަށް ސައިކޯ ސޯޝަލް ސަޕޯޓް އާއި ކައުންސެލިންގެ ޚިދުމަތް ފޯރުކޮށްދިނުން.
  2. ފިޔަވަތީގައި ކުދިން ބަލަހައްޓާ މުވައްޒަފުންނަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ޚިދުމަތް ފޯރުކޮށްދިނުން. އަދި މުވައްޒަފުން މިދާއިރާއިން ބޭނުންވާ ތަމްރީން ފޯރުކޮށްދިނުން.
  3. ފިޔަވަތީގައި ތިބޭ، ކުދިންގެ ތެރެއިން ޚާއްޞަ ސަމާލުކަން ދޭންޖެހޭ ކުދިން ބަލަހައްޓާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އެފަދަ ކުދިން ބެލެހެއްޓުމަށް މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދިނުން.
  4. ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މުހިންމު ޕްރޮގްރާމްތައް ރާވާ، ޝެޑިއުލްކޮށް ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން.
  5. ކުދިންނަށް ދެވޭ ސައިކޮ ސޯޝަލް ސަޕޯޓާއި ހިންގޭ ޕްރޮގްރާމްތަކުން ކުދިންނަށް އަންނަ ބަދަލުތައް ވަޒަންކޮށް ކުދިންގެ ރެކޯޑްތައް ބެލެހެއްޓުމުގައި ޗައިލްޑްކެއަރ ސުޕަވައިޒަރުންނަށް ލަފަޔާއި އިރުޝާދު ދިނުން.
  6. ކުދިން ކުރިއައްދާން ބޭނުންވާ ރޮނގުތައް ޚިޔާލުކުރުމުގައި އެހީތެރިވުމާއި، މުޖުތަމަޢަށް ނުކުތުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ނަފްސާނީ ގޮތުން ކުދިން ތައްޔާރުކޮށްދިނުން.
  7. ކޮންމެ ހަފްތާއަކު ކުރެވުނު މަސައްކަތާއި ކުދިން ގެ ހާލަތު މިނިސްޓްރީއަށް ރިޕޯޓްކުރުން.
  8. ކޯޑް އޮފް ކޮންޑަކްޓަށް ޢަމަލުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

  1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު އަދި ވަޒީފާއަށް އެދޭ ސިޓީ.
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭ ސާފު ކޮޕީ
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީން ތަކުގެ ސެޓްފިކެޓްގެ ކޮޕީ
  4. މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޖުރިބާ އާއި މުއްދަތު އެނގޭނެގޮތަށް މަސައްކަތްކުރި ނުވަތަ ކުރާ ތަނުގެ ރަސްމީ ލިޔުން.
  5. މަސައްކަތުގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތަކުގެ ކޮޕީ

 

ސުންގަޑި:

2018 މާރިޗު 08 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ހުޅުމާލޭގެ "ފިޔަވަތި" (ކަނީރުމަގު) އަށް. 

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

 

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ، އަދި ޝިފްޓް އުސޫލުން އެކި ދަންފަޅީގައި މަސައްކަތްކުރެވޭނެ ފަރާތްތައް

- ކުދިންގެ އުމުރާ ގުޅޭ ގޮތުން ކިޔަވައި ދިނުމަށް ލިބިފައިވާ ފަންނީ ހުނަރުވެރިކަން

- ލިބިފައިވާ ތަޖްރިބާއާއި ހުނަރު

- ކުދިންގެ ޢުމުރާގުޅޭ ގޮތަށް މުޢާމަލާތްކުރުމުގެ ޤާބިލްކަން

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027520 ނަންބަރު ފޯނަށް، ނުވަތަ 3027606 ނަންބަރު ފޯނަށެވެ.

27 ފެބުރުވަރީ 2018
ހޯދާ