މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ކުރިއަށް ގެންދާ ވޯރކްޝޮޕް، ސެމިނަރ އަދި ބައްދަލުވުން ތަކަށް ހޯލް ކުއްޔަށް ހިފުމާއި ކޭޓަރިންގ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ކުރިއަށް ގެންދާ ވޯރކްޝޮޕް، ސެމިނަރ އަދި ބައްދަލުވުން ތަކަށް ހޯލް ކުއްޔަށް ހިފުމާއި ކޭޓަރިންގ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް 13 ފެބުރުވަރީ 2018 ގައި ކުރެވުނު ނަމްބަރ:         (IUL)23-AP/23/2018/41 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ ދެ ފަރާތުންކަމުގައިވާތީ ވާދަކުރާނެ ތިން ފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 15 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

10 ޖުމާދަލްއާޚިރު 1439   

26 ފެބުރުވަރީ 2018
ހޯދާ