މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ މެންބަރަަކު ހޮވުމަށް އިޢުލާންކުރުން

އިޢުލާން

 

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް މެންބަރުން ހޮވުން:

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. ތިރީގައިވާ ދާއިރާއަށް މި ކައުންސިލަށް ބޭނުންވަނީ، މި މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ.

1-     ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) 5 ވަނަ މާއްދާގެ (ހ) (4) ނަފްސާނީ ބަލިތަކާއިބެހޭ ޑޮކްޓަރުންގެ ތެރެއިން، އެމީހުން އިންތިހާބް ކުރާ މެންބަރު.

 

ދާއިރާ

ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) 5 ވަނަ މާއްދާގެ (ހ) (4) ނަފްސާނީ ބަލިތަކާއިބެހޭ ޑޮކްޓަރުންގެ ތެރެއިން، އެމީހުން އިންތިޚާބް ކުރާ މެންބަރު

ޝަރުޠުތައް

- މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު ހުރުމާއެކު

  • ސައިކިއެޓްރިސްޓެއްކަމުގައިވުން / ސައިކޮލޮޖިސްޓެސަ ކަމުގައިވުން ނުވަތަ
  • ކައުންސެލަރެއް ކަމުގައިވުން ނުވަތަ
  • ނަފްސާނީ ބަލިތަކާއިބެހޭ ޑޮކްޓަރެއްކަމުގައިވުން ނުވަތަ
  • މިދާއިރާތަކުގެ ތެރެއިން ކޮންމެވެސްއެއް ދާއިރާއިން ތަޖުރިބާ ލިބިފައިވުން
  • ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިވެވޭނެ މީހަކަށްވުން.

 

 

ހުށަހަޅަންޖެހޭ ތަކެތި

- މި ވަޒީފާއަށް ޝައުގުވެރިކަން ހުރިކަން ބަޔާންކޮށް ހުށަހަޅާ ސިޓީ.

- މެޑިކަލް އެސޯސިއޭޝަނުގެ ލިޔުމެއް ނުވަތަ  ސައިކިއެޓްރިސްޓެއް / ސައިކޮލޮޖިސްޓެސަ / ކައުންސެލަރެއްކަން އަންގައިދޭ ލިޔުމެއް.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ އަސްލާ އެއްގޮތަށްކަމަށް ރަސްމީ ފަރާތެއްގެ ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ލިއުމެއް)

- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ޕޮލިސް ރިކޯޑް.

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.

އެލަވަންސް

-/5000 ރުފިޔާ

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

-  ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ދަށުން އެކުލަވައިލާފައިވާ ކައުންސިލުގެ މެންބަރެއްގެގޮތުގައި މަސައްކަތްކުރުން.

- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވާ، އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ބައްދަލުވުންތަކުގައި މަޝްވަރާއާއި ޚިޔާލުދިނުމާއި ކައުންސިލްގެ މެންބަރެއްގެގޮތުގައި އެހީތެރިވުން.

ސުންގަޑި

2018 މާރިޗު 7 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑެ ފެމިލީއަށެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3013017 ނަންބަރު ފޯނަށެވެ. 

 

10 ޖުމާދުލްއާހިރް 1439

26 ފެބްރުއަރީ 2018

26 ފެބުރުވަރީ 2018
ހޯދާ