މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މާލެ، ދިވެހިރާއްޖެ

ނަންބަރު:  12  (IUL)25-A5/25/2018/

ވަޒީފާގެ ފުރުޞަތު

 

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމަށް ވަޤުތީ ގޮތުން މުވައްޒަފަކު ބޭނުންވެއްޖެއެވެ. 

 

މާޤާމް: ސަރުދާރު (ވަޤުތީ)

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: SS2

މުސާރަ: 4440 ރުފިޔާ

މަސައްކަތު ގަޑި  1400-0800

ބޭނުންވާ އަދަދު: 1

 

ގިންތި: ވަޤުތީ

މަޤާމުގެ ނަންބަރު:J134664

މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ޑިވިޜަން/ ސެކްޝަން: ކޯޕަރޭޓް އެފެއާޒް ޑިވިރަން     

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 މައިގަޑު މަސައްކަތްތައް:

1-      މެއިންޓަނަންސް އާއި ސެކިއުރިޓީ ހަވާލުކުރެވިފައިވާ ފަރާތްތަކުން މައްސޫލިއްޔަތު އަދާކުރެވޭތޯ

ބެލުމުގައި އެހީތެރިވުން.

2-      މިނިސްޓްރީގެ އިމާރާތާއި، މެޝިނަރީ އަދި ވެހިކަލް މަރާމާތުކުރަންޖެހޭފަދަ ކަންތައްތައް ދުރާލާ ފާހަގަކޮށް، އެތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްވުމުގެ ކުރިން އެމަރާމާތެއް ކުރެވޭނެގޮތެއް ރޭވުމުގައި އެހީތެރިވުން

3-      މިނިސްޓްރީގެ އިމާރާތާއި، މެޝިނަރީ، ވެހިކަލްތައް ބެލެހެއްޓުމާއި އަދި އޮފީސް މާހައުލުގައި ކުރަންޖެހޭ ޖެހޭ ކުދި މަރާމާތު ކުރުމުގައި އެހީތެރިވުން

   މިނިސްޓްރީން އެހެނިހެން ތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި ތަކެތި ފޮނުވަންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ އެތަކެތި  ފޮނުވުމަށް އެހީތެރިވުން.     

 

ޝަރުޠު(ތައުލީމާއި ތަޖުރިބާ)

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާބެހޭ

1-      މަޤާމުގެ މަސައްކަތުދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-      މަޤާމަށް ބޭނުންވާ (މެޝިނަރީ އަދި ވެހިކަލް މަރާމާތުކުރަން ފަދަ) ތަމްރީނެއް ހާސިލްކޮށްފައިވުން.

 

 

އިތުރު އިނާޔަތް:

  1.   މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

ވަޒީފާ އަދާކުރައްވަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް:

 

އިންޓަރވިޔު

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ

http://www.foreign.gov.mv/index.php/dv/mediacentre/iulaanވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 މާރޗް  2018 ވާ ބުދަދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. ފެކްސް ނަންބަރަކީ، 3329178 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  11މާރިޗު 2018  އާއި 20 މާރިޗު2018 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304168 / 3304184 އަށް ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރެއްވާނީ [email protected]  އަށެވެ.

                   

 

‏26‏ ފެބްރުއަރީ‏ 2018

26 ފެބުރުވަރީ 2018
ހޯދާ