ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް 1.5 ޓަނުގެ ޕަވަގޭޓް ޕިކަޕެއް ހޯދުމާއި ގުޅޭ

އިޢުލާނު

މިއިދާރާއަށް 1.5 ޓަނުގެ ޕަވަގޭޓް ޕިކަޕެއް ހޯދުމާއި ގުޅޭ:

          މިއިދާރާއަށް 1.5 ޓަނުގެ ޕަވަގޭޓް ޕިކަޕެއް ހޯދަން ބޭނުންވެއްޖެއެވެ.

          ވީމާ، މިއިދާރާއަށް 1.5 ޓަނުގެ ޕަވަގޭޓް ޕިކަޕެއް ވިއްކަން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ފޯނުންވެސް ސާފުކުރެވޭނެއެވެ. މިގޮތުން ކައުންސިލް އިދާރާގެ ނަންބަރ 9995970 އަދި ކައުންސިލްގެ ރައީސްގެ ނަންބަރ 7955667 ގުޅުއްވައި މަޢުލޫމާތު ސާފުކުރެވޭނެއެވެ. އަގުހުށަހަޅާއިރު ބްރޭންޑް ނިއު ޕިކަޕެއްގެ އަގާއި، ސެކެންޑް ހޭންޑް ޕިކަޕެއް ވިއްކާނެ އަގު ސާފުކުރަން ބޭނުންވެއެވެ.

  • މަޢުލޫމާތު ސާފުކުރުން 05 މާރިޗް 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި
  • އެސްޓިމޭޓް ހުށަހެޅުން: 11 މާރިޗް 2018 ވާ އާދީއްތަ ދުވަހުގެ 10:00 ގައި

    މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައެއް ނުގަނެވޭނެއެވެ.

         މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.

         މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

          10 ޖުމާދުލް އާޙިރު 1439

          26  ފެބްރުއަރީ   2018

26 ފެބުރުވަރީ 2018
ހޯދާ