ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެއްލައިދޫ ކައުންސިލްގެ ސެކިޔުރިޓީ ބެލެހެއްޓުން

އިޢުލާން

 

 

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލް އިދާރާގެ ސެކިޔުރިޓީ ބެލެހެއްޓުން  


             އެއްއަހަރުދުވަހަށް މި އިދާރާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރެވުނު ނަންބަރ: A263/2018/06 އިއުލާނަށް ލިބުނު އަންދާސީ ހިސާބުތަކުގެ އަގުބޮޑުވާތީ، އެއިއުލާން ބާތިލްކޮށް އަލުން އިއުލާންކުރީމެވެ.

 ވީމާ މިކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން 2018 މާރޗް 04ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު  2018 މާރޗް 11 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެއެވެ. މައުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ކޮންމެފަރާތަކުންވެސް ބައިވެރިވެވޭނީ އެއްފަރާތުގެ ނަމުގައެވެ. ބަދަލުގައި ވަޑައިގަންނަވާނަމަ ތަމްސީލުކުރާފަރާތުގެ ސިޓީއެއް ރަޖިސްޓްރީއާއިއެކު ހުށަހަޅުއްވަން ވާނެއެވެ.  އަދި ދަންނަވަމެވެ. މިކަމަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ، ލޯކަލްއިންވެސްޓްމަންޓް، ކުންފުނި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށެވެ. އަދި އެންމެ މަތީ އަގަކީ ޖުމްލަ 8000 ( އަށްހާސް ) ރުފިޔާއެވެ.

މާކުސްދިނުމަށް ހަމަޖެހިފައިވަނީ

އަގަށް:                 70 މާކުސް

ތަޖުރިބާއަށް:             15 މާކުސް

ބިޑުގެފުރިހަމަކަމަަށް:        05 މާކުސް

ލޯކަލްއިންވެސްޓްމަންޓް/ކުންފުނި: 10މާކުސް

          

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.            

26 ފެބުރުވަރީ 2018
ހޯދާ