ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު ( ކޭޝިއަރ )

އިޢުލާން

       މިހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލު މީހެކެވެ.

މަޤާމު

ކޭޝިއަރ

މަޤާމުގެ ނަންބަރު

J-255566

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން ޑިވިޝަން

މަޤާމު އޮތް އޮފީސް

ބ. އަތޮޅު ހޮސްޕިޓަލް/ ބ.އޭދަފުށި

ވަޒީފާ އަދާކުރަންޖެހޭ ތަން

ބ. އަތޮޅު ހޮސްޕިޓަލް

މުސާރަ

-/4465ރ ( ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ )

ސަރވިސް އެލަވަންސް

-/1500ރ ( ފަނަރަސަތޭކަ ރުފިޔާ)

ސަޕޯރޓިންގ ކޯ އެލަވަންސް

 -/700ރ (ހަތްސަތޭކަ ރުފިޔާ)

އިތުރުޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެމުވައްޒަފުންނަށްހަމަޖެހިފައިވާއުސޫލުންއިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައި އޮންނަ އުސޫލުން ރިސްކް އެލަވަންސް،އަދި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މާލިއްޔަތު ގަވާއިދާއި،ސިވިލް ސަރވިސް ގަވާއިދުގައިވާގޮތުގެ މަތިން ފައިސާއާބެހޭ އެންމެހައި މަސައްކަތްތައް ކުރުން
  2. ޑިއުޓީ އުސޫލުން ރިސެޕްޝަނުގައި މަސައްކަތް ކުރުން.
  3. އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ، ޤަވާއިދާއި އެއްގޮތަށް ބަލައިގަތުމާއި ،ޖަމާކުރުން އަދި އޭގެރެކޯޑްތައް ބެލެހެއްޓުން.
  4. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުންހިގާ އަތޮޅުގެ ޞިއްޙީޚިދުމަތްދޭ ތަންތަނުން އާސަންދައިގެ ކަންތައްތައް ބެލެހެއްޓުން 
  1. އާމްދަނީ ގެގޮތުގައި ލިބެންޖެހޭ ފައިސާ ނުލިބި ގިނަދުވަސްވާނަމަ އެފައިސާ ހޯދުމަށް މަސައްކަތްކުރުން.
  1. ހޮސްޕިޓަލާއި، އަތޮޅު ޞިއްޙީޚިދުމަތްދޭ ތަންތަނުގެ ބަޖެޓް ފައިސާގެ ކަންތައްތައް ބެލެހެއްޓުން.
  2. ފައިސާ ނަގަންޖެހޭ ޗެކްތަކަށް ފައިސާ ނެގުމާއި، ފައިސާނަގައި އެފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން.
  3. ޕެޓީ ކޭޝް ފައިސާ ގަވާއިދާއެއްގޮތަށް ބެލެހެއްޓުން.
  4. ކްރެޑިޓަށް ޚިދުމަތް ހޯދާ ފަރާތްތަކަށް ބިލްހެދުމާއި، އެބިލްތަކަށް ފައިސާ ހޯދުން
  5. ފައިސާގެ ކަންތައްތަކާ ބެހޭގޮތުން ފޮނުއްވަންޖެހޭ ލިޔެކިއުންތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވުމާއި، ފައިސާއާއި ބެހޭ ލިޔެކިޔުންތައް ބެލެހެއްޓުން.
  6. ތިޖޫރީ ބެލެހެއްޓުމާއި، ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް، ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުން.
  7. ބަޖެޓުން ތައްޔާރުކުރާ ރިޕޯރޓްތައް ތައްޔާރު ކުރުމުގައްޔާއި، ލަފާކުރާބަޖެޓް ތައްޔާރު ކުރުމާއި،  މުސާރަޝީޓް ހެދުމުގެ މަސައްކަތުގައި އެހީތެރިވުމާއި ފޮނުވުމުގެ މަސައްކަތުގައި އެހީތެރިވުން

މަޤާމުގެ ޝަރުތުތައް

1-  އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް ، އޭ.ސީ.ސީ.އޭ، ހެލްތް ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް،، އެކައުންޓިންގ، ޓެކްނީޝަން( ސީ.އޭ.ޓީ ) ގެ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް ، އޭ.ސީ.ސީ.އޭ، ހެލްތް ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް،، އެކައުންޓިންގ، ޓެކްނީޝަން( ސީ.އޭ.ޓީ )ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

2- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ''ދިވެހި'' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު ބ. އަތޮޅު ހޮސްޕިޓަލުގެ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސާރވިސް ކޮމިޝަނުގެ ވެބްސައިޓް ww.csc.gov.mvއިން ޑައުންލޯރޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 މާރިޗު 2018ވާ ބުރާސްފަތިދުވަހުގެ 13.00ގެ ކުރިން،ބ. އަތޮޅު ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ،ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަމްބަރަކީ،  6608362އެވެ. އީމެއިލް ކުރައްވާނަމަ ނުވަތަ ފެކްސް ކުރައްވާނަމަ ހުށަހަޅުއްވާ ހުރިހާ ލިޔުންތަކެއް ލިބުނުކަން ޔަޤީންކުރައްވަންވާނެއެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،13 މާރިޗު 2018 އާއި 15  މާރިޗު 2018 އާއިދެމެދު ބ. އަތޮޅު ހޮސްޕިޓަލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށްހާޒިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރަތްތަކުގެ ތެރެއިން، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30%(ތިރީސް އިންސައްތަ)

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ބ. އަތޮޅު ހޮސްޕިޓަލުގެ 6608309 ނަންބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ،6608362 އެވެ.އީ-މެއިލް އެޑްރެހަކީ  [email protected] އަށެވެ.

26 ފެބުރުވަރީ 2018
ހޯދާ