ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ދިވެހި ފަންނުވެރިންގެ ފަންނުތައް އިސްތިހާރު ކުރުމުގެ ފުރުޞަތު

މިސެންޓަރުގެ މެންޑޭޓްގައިވާ ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ހުރިހާ ފަންނުވެރިންނަށް އެހީތެރިވެދިނުމުގެގޮތުން އެއްވެސް އަގެއްނެގުމަކާނުލާ ހުރިހާ ފަންނުވެރިނަށް ހަމަހަމަ ގޮތެއްގައި ތިރީގައި ފާހަގަކޮށްގައިވާ ކަންތައްތައް އެން.ސީ.އޭ ގެ ވެބްސައިޓުންނާއި  އެން.ސީ.އޭ ގެ ސޯޝަލް މިޑިއާގެ ޕޭޖް ތަކުން އިސްތިހާރު ކޮއްދިނުމަށް މިދަނީ ވިސްނަމުންނެވެ. އަދި މިކަމަށް ތިޔަފަރާތްތަކުން ދެއްވާ ތަރުހީބަށްބަލާ ކަނޑައެޅޭ އުސޫލުތަކެއްގެމަތިން ރިސޯޓްތަކާއި، އެއަރޕޯޓްތައްފަދަ ތަންތަނުގައިވެސް މިކަންކަން ކުރެވޭނެ ގޮތަށް ބަލާދިނުމަށް މިސެންޓަރުން މިދަނީ ވިސްނަމުންނެވެ.

  • މަޢުރަޒްތައް އިސްތިހާރުކޮއްދިނުން.
  • ފަންނުވެރީން ތައްޔާރުކުރާ ތަކެތި، ފަންނުވެރިން ވިއްކުމަށްޓަކައި އެން.ސީ.އޭ ގެ ވެބްސައިޓް، ސޯޝަލް މީޑިއާ އަދި ހަމަޖެހޭ އެހެނިހެން ތަންތަނުގައި އިސްތިހާރު ކޮއްދިނުން.
  • ދިވެހިފިލްމް ފުރަތަމަ ރިލީޒްކުރުމަށް އިސްތިހާރުކޮއްދިނުން (އޮލިމްޕަސް އަތޮޅުތެރެ ނުވަތަ ރާއްޖޭންބޭރުގައި ސްކްރީން ކުރައްވާނަމަވެސް އެކަން ހަމަޖައްސާދިނުން)
  • ދިވެހި ފަންނާނުންގެ މިއުޒިކްބޭންޑްތަކާއި މިއުޒިކްޝޯވތައް އިސްތިހާރުކޮށްދިނުން (ރާއްޖެއާއި ރާއްޖޭންބޭރު)
  • ދިވެހި ފަންނުވެރިންގެ ފިލްމް، މިއުޒިކް، ކުރެހުން ފަދަ ފަންނުވެރިންގެ ތަކެތި ބައްލަވައިގަންނަވަން ލިބެންހުރި ތަންތަން އާއްމުކޮށް އިސްތިހާރުކޮށްދިނުން.
  • ބޮޑުބެރު، ތާރަ، ދަނޑި، މިއުޒިކް، ލަނގިރި ފަދަ ގުރޫޕްތަކުން އާއްމުކޮށް ތަންތަނުގައި ޝޯވްތަށް ދެއްވުމުގެ އަގުތައް މިސެންޓަރަށް އަންގަވާދެއްވުމުން މިކަން އިސްތިހާރުކޮށްދިނުން.
  • ޖާދޫގެ ފަންނު އިސްތިހާރުކޮށްދިނުން.

 

ވީމާ، މަތީގައި ދަންނަވާފައިވާ ކަންކަމުގައި އެހީތެރިކަން ބޭނުންވެވަޑައިގަންނަވާ ހުރިހާ ފަންނުވެރިން މިސެންޓަރުގެ ފޯނު ނަންބަރު 331 3456 ގުޅުއްވައިގެން ނުވަތަ އީމެއިލް [email protected] އަށް އީމެއިލްކޮށްގެން ކުރިއަށް ގެންދެވުމަށް ދެންނެވީމެވެ.

26 ފެބުރުވަރީ 2018
ހޯދާ