ދިވެހިރާއްޖެ
ނަމްބަރ: (IUL)297-AD/INDIV/2018/11
އިޢުލާން
ކުނިކޮށިބަލަހައްޓާނެ މީހަކުބޭނުންވެއްޖެ
މަޤާމް: ކުނިކޮށި މަސައްކަތު
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާއަދާކުރަންޖެހޭ ތަން : ނ.ވެލިދޫކައުންސިލްގެ އިދާރާ / ނ.ވެލިދޫ
މަޤާމުގެ މުސާރަ: =/3100 (ތިންހާސް އެއްސަތޭކަ) ރުފިޔާ
ސަރވިސްއެލަވަންސް: -/1000 (އެއްހާސް ރުފިޔާ)
ޔުނިޓް: ނ.ވެލިދޫކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް
1-މަޤާމުގެ ޝަރުޠުތައް:
- ލިޔަންކިޔަން ، ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.
2-މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ކޮއްޓަށް ކުނީގެ ގޮތުގައި ގެންދެވޭ ދަގަނޑު، ބިއްލޫރި، ފައިބަރ، ޕްލާސްޓިކް ނެޕީ ފަތްކުނިވަކިކޮށް އެކަމަށް ކަނޑައެޅިފައިވާ ބައިބަޔަށްއެޅުން.
- ކުނީގެގޮތުގާގެންދާތަކެތި ވީހާވެސް ކުޑަ ޖާގައެއްގާ ބެހެއްޓޭނެ ގޮތަށް އިންތިޒާމްކޮށް ބެހެއްޓުން
- ކޮންމެ ދުވަހަކު ކޮށިތެރެ ސާފްކޮށް ބެލެހެއްޓުން.
- ހުޅުވަން ހަމަޖެހިފައިވާ ގަޑިތަކަށް ކޮންމެ ދުވަހަކު ޤަވާޢިދުން ކޮށިހުޅުވުމާއި ބަންދުކުރުން.
- ހަމަޖެހިފައި އޮންނަ އުޞޫލާ ހިލާފްވާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލްގެ އިދާރާއާއި ޙިއްޞާކުރުން.
- ކުނިކޮށްޓަށް ލިބޭގެއްލުންތައް ކައުންސިލްއިދާރާއަށް އަންގާ ރަގަޅުކުރުމަށް މަސައްކަތްކުރުން.
- ކުނިކޮށީގާ ބޭނުން ކުރަންގެންގުޅޭ އުދެލި، ފަކީރާ، މަށަށްދަތި، ބަރޯ މިނޫނަސް އެމަސައްކަތުގާ ގެންގުޅޭ އެންމެހާ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- އޮފީހުން މަސައްކަތުގެ ދާއިރާގެތެރެއިން ކުރަން ހަވާލުކުރެވޭ އެންމެހާ ކަންތައްތައްކުރުން
- ކުނިކޮށީގާ ކުރަންހަމަޖެހިފައިވާ މަސައްކަތްތަކުގެ އިތުރުން ކުނި ކޮއްޓާބެހޭގޮތުން ކައުންސިލްގެ އިދާރާގެ ކަމާބެހޭ ޔުނިޓުން އަންގާ މަސައްކަތެއްކުރުން.
- ކައުންސިލްއިދާރާއިން ކުރިއަށްގެންދާ ޚާއްސަމަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެމަސައްކަތުގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް
-މަސައްކަތުގެ ދާއިރާއިން/ ލިބިފައިވާ ހުނަރު / ތަޖުރިބާ
-މަސައްކަތްކުރަންދަންނަ މިންވަރު
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 05 މާރޗް 2018 ވާ ހޯމަދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށްލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) އަދި މަސައްކަތުތަޖުރިބާދެނެގަތުމަށްމަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
މިމަޤާމަށް މީހުންހޮވުމަށް ބާއްވާ އިންޓަރވިއުއޮންނާނީ 2018 މާރޗް 08 އާއި 12 އާއި ދެމެދު ވެލިދޫކައުންސިލްގެ އިދާރާގައެވެ. މިވަޒީފާއަށްކުރިމަތިލައްވާފަރާތްތަކުން އެތާރީޚްގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ [email protected]އަށެވެ.
09 ޖުމާދަލްއާޚިރާ 1439
25 ފެބުރުއަރީ 2018
އަސްމާ ޙުސައިން
ކައުންސިލްގެ ރައީސް