ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
3 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުން

2018 ވަނަ އަހަރު މި މަދަރުސާގައި މަސައްކަތް ކުރައްވާނެ މިޞްރުގެ މުދައްރިސުން ބޭތިއްބުމަށްޓަކައި، ސ.ހިތަދޫ އިން 03 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެއެވެ. 

                    ވީމާ، ގެއެއް ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

05 މާރޗް 2018 ވާ ހޯމަ ދުވަހު ހެނދުނު 10.00 ގައި ނޫރާނީ ސްކޫލްގައި

މަޢުލޫމާތު ދިނުން

13 މާރޗް 2018 ވާ އަންގާރަ ދުވަހު ހެނދުނު 10.00 ގައި ނޫރާނީ ސްކޫލްގައި

އަންދާސީ ހިސާބު ހުށަހެޅުން

         

  މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަދި މަޢުލޫމާތުތައް ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލުކުރެވޭނެއެވެ.    

           ވީމާ، މިކަން އާންމުކޮށް އިޢުލާންކުރީމެވެ.

 

06   ޖުމާދުލްއާޚިރާ 1439
22    ފެބްރުއަރީ   2018 

22 ފެބުރުވަރީ 2018
ހޯދާ