ހުރާ ޞިއްޙީ މަރުކަޒު، ކ. ހުރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

`

 

ހުރާ ޞިއްހީމަރުކަޒު

ކ.ހުރާ /ދިވެހިރާއްޖެ 

 

H5-SM/2018/001(IUL) ނަމްބަރ:

 

ޢިޢުލާން

ވަޒީފާގެ ފުރުސަތު   

މަޤާމް

ތަރުޖަމާނު

މަޤާމްގެ ނަމްބަރ

J-294369

ބޭނުންވާ ޢަދަދު

 (އެކެއް)01

މަޤާމްގެ ގިންތި

ދާއިމީ

މަޤާމްގެ ރޭންކް

ޖީއެސް 3

މަޤާމްގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

ކުލިނިކަލް ސަޕޯޓް ސާރވިސް

މަޤާމް އޮތް އޮފީސް

ކ. ހުރާ ސިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ކ. ހުރާ ސިއްޙީމަރުކަޒު

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

އިތުރު އިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

އަދި ރިސްކުއެލަވެންސް ފައިސާ.

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތަށް

  1. 1 ޞިއްޙީމަރުކަޒުގެ ޑޮކްޓަރުންނާއި، އަންނަ ބަލިމީހުންނާއި ، ދެމެދު ދެކެވޭ ވާހަކަ ދެފަރާތަށް ތަރުޖަމާ ކޮށްދިނުން 
  2. ކޮންސަލްޓޭޝަން ރޫމްގައި ޑޮކްޓަރުން ބޭނުންކުރައްވާ އިކިވިޕްމަންޓްސް ބެލެހެއްޓުމާއި ،ކޮންސަލްޓޭޝަން ރޫމަށް ބޭނުންވާ ތަކެތި ހޯދާ ހަމަކުރުން
  3. ކޮންމެ ދުވަހަކު ޑޮކްޓަރުން ބަލިމީހުން ބަލަން ފެށުމުގެ ކުރިން ރޫމް ތައްޔާރުކުރުން
  4. ރިސެޕްޝަނިސްޓް ނެތިއްޖެ ޙާލަތެއްގައި އާސަންދައިގެ ހިދުމަތާއި ބެހޭގޮތުން ފޮނުވަންޖެހޭ ރިޕޯޓްތައް ދުވަހުން ދުވަހަށް ފޮނުވުމާއި،މިކަމާއި ގުޅޭ ލިޔުންތައް ތައްޔާރުކޮށް އާސަންދައަށް ފޮނުވުން
  5. ދުވަހުން ދުވަހަށް ފޮނުވަންޖެހޭ ޑެއިލީ ރިޕޯޓްތައް ތައްޔާރުކޮށްފައި ފޮނުވުން.
  6. މެޑިކަލް ރިޕޯޓް އަދި މެޑިކޯ ލީގަލް ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވުން
  7. 7ނުރަސްމީ ގަޑީގައި ބަލީމހަކު ޚިދުމަތް ހޯދުމަށް އަތުވެއްޖެނަމަ ،އެ ޚިދުމަތް ބަލިމީހާއަށް ފޯރުކޮށް ދިނުމުގެ އިންތިޒާމް ހަމަޖެއްސުން.

މަޤާމްގެ ޝަރުތުތައް

1.ހިއުމަން ރިސޯސް މެނޭޖްމަންޓް،ހެލްތް ސާރވިސް މެނޭޖްމަންޓް،މެނޭޖްމަންޓް،ބިޒްނަސް މެނޭޖްމަންޓް،އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރެޖްކްޓް މެނޭޖަމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު،

1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތް ސާރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕްބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން،

ނުވަތަ

2.ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސުކޫލް އިމްތިހާނުގައި ' ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1.  ފުރިހަމަކުރަށްވާ ފައިވާ ވަޒީފާއަށް އެދޭ ފޯމް

2.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ،މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ    ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ   މަޤާމަށް ހޮވިއްޖެނަމަ ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް ވަޒީފާއަދާކުރާއޮފީހުގެ ލިޔުން.

5. ލިބިފައިވާ ތަޢުލީމީސެޓްފިކެޓް ތަކުގެ ކޮޕީ.

(ހ) މޯލްޑިވުސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރުބައްލަވައިފައިވާ ސެޓުފިކެޓުތަކާއި ، ރާއްޖެއިންބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވައިފައިވާ ސެޓްފިކެޓްތަށް ނުވަތަ ކޯސްފުރިހަމަކުރި ކަމުގެ ލިއުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވައިފައިވާ ލިއުމުގެ ކޮޕީ

(ށ) ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސްފުރިހަމަކުރި ކަމުގެ ލިއުމުގެ ކޮޕީ

 (ނ)  ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ

7. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނުން ފާސްވިކަން އަންގައި ދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

  (ހ) ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ  އަދާކޮށްފައިވާ ނަމަ ވަޒީފަ އަދާކުރި މުއްދަތާއި ކުރި މަސައްކަތް  އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

މަޤާމަށް އެދެންވީ ގޮތައި ސުންގަޑި:

ވަޒީފައަށް އެދޭ ފޯމް ކ.ހުރާ ސިއްހީމަރުކަޒުގެ އޮފީސް އިމާރާތުން ލިބެން ހުންނަނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 މާރޗް 2018 ވާ އަންގާރަ  ދުވަހުގެ 13.00 ގެ ކުރިން ހުރާޞިއްޙިމަރުކަޒުގެ އޮފީސް އިމާރާތަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު :

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިޔު އޮންނާނީ، 12 މާރޗް 2018  އާއި 15 މާރޗް 2018 އާ ދެމެދު ކ.ހުރާ ޞިއްޙީމަރުކަޒުގައެވެ.ވުމާއެކު މިވަޒީފައަށް ކުރިމަތިލާ ފަރާތް ތަކުން، މިތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތަށްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން.

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޡު ހަމަވާ ފަރާތްތަކުގެ ޢަދަދު 10އަށްވުރެ ގިނަ ނަމަ ތަޢުލީމީފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭ 10ފަރާތެއް  ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 % 30

 

އިތުރު މަޢުލޫމާތު

މިއިޢުލާން އާއި ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅުއްވާނީ  6640412 ނަންބަރު ފޯނަށެވެ.

 

 [email protected]އީމެއިލް އެޑްރެހަކީ

 

 22  ފެބުރުވަރީ  2018

06 ޖުމާދަލް އާޚިރާ 2018

22 ފެބުރުވަރީ 2018
ހޯދާ