މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަނގޮޅިތީމު ކުނި މެނޭޖްކުރާ މަރުކަޒަށް މަސައްކަތުމީހަކު ހޯދުން

 

އިއްލާން

 

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކުނި މެނޭޖްކުރާ މަރުކަޒުގައި މަސައްކަތް ކުރާނެ މުވައްޒަފުން ބޭނުންވެއްޖެ.

 

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 01

މުސާރަ: 3100.00 ރުފިޔާ

އެލަވަންސް: 1000ރުފިޔާ

ވަޒީފަގެ ބާވަތް: ކޮންޓްރެކްޓް އުސޫލުން (މަސައްކަތަށް ރަނގަޅު ނަމަ ކޮންޓްރެކްޓް އާކުރެވޭ އުސޫލުން)

ކޮންޓްރެކްޓް މުއްދަތު: 1 އަހަރު ދުވަސް

ވަޒީފާ އޮތް އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކައުންސިލް އިދާރާ

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމް ކުނި މެނޭޖް ކުރާ މަރުކަޒު

މަޤާމުގެ އަސާސީ ޝަރުތުތައް:

  • އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގުން
  • ސިއްހަތު ސަލާމަތުން ހުރި މީހެއް ކަމުގައި ވުން އަދި ކައުންސިލުން ދައްކާ މަސައްކަތް ކުރެވޭނެ ޤާބިލްކަން ހުރިކަން ސާބިތު ކޮށްދިނުން
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން
  • އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައި ވުން

  މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން އަނގޮޅިތީމް ކުނި ނައްތާލާ މަރުކަޒަށް ޖަމާވާ ކުނި ޓްރީޓް ކުރުމާއި އެތަކެތި ވަކި ކުރުން
  • ރަށުގެ އެކި ސަރަހައްދުގައި ބެހެއްޓޭ ޑަސްބިންތަކުން ކުނި ނަގައި ކުނި ނައްތާލާ މަރުކަޒަށް ގެންދިއުން
  • ކުނި ރިސައިކަލް ކުރުމާއި ކޮމްޕޯސް ތައްޔާރުކުރުމުގެ މަސައްކަތް
  • ގޭގެއިން ކުނި ނެގުމުގެ މަސައްކަތް (ޕިކަޕް ގެނައުމުން)
  • ކުނި ނައްތާލާ މަރުކަޒާއި ވަށައިގެންވާ ސަރަޙައްދު ކުނި ކަހައި ސާފުކޮށް ބެލެހެއްޓުން
  • ރ. ވަންދޫއަށް ކުނި ގެންދިއުމަށް އަންނަ އުޅަނދުފަހަރަށް ކުނި ގެންދިއުމުގެ މަސައްކަތް
  • ކުނި ނައްތާލުމާއި ގުޅުންހުރި އެހެނިހެން ކަންކަން

 ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން:

  • ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ތިރީގައި އެވާ ގޮތުގެ މަތީން މާކްސް ދެވޭނެއެވެ.
  • ލިބިފައިވާ ތަޢްލީމާއި ތަމްރީން 10%
  • މަސައްކަތުގެ ތަޖްރިބާ 20%
  • މަސައްކަތުގެ ހުނަރާއި ޤަބިލްކަން ސާބިތު ކޮށްދިނުން 70%

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚް:

  • މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ 04 މާރިޗް 2018 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ރ.އަނގޮޅިތީމް ކައުންސިލް އިދާރާއަށެވެ. މީގެ އިތުރުން މި މަޤާމަށް ކުރިމަތި ލާ ބޭފުޅުންނަށް އީ މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފުނުވުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ. މި ވަޒީފާއަށް އެދޭ ފޯމް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

ހުށައަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް
  • ވަޒީފާއެއްގައި އުޅޭނަމަ އެ ވަޒީފާއެއްގައި އުޅޭ ކަމުގެ ލިޔުން
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާއަށް އެދި ހުށައަޅާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއިއެކު)
  • ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްގެ ކޮޕީ /އަޞްލާއިއެކު ( ވަޒީފާއަށް އެދި ހުށައަޅާއިރު ސެޓްފިކެޓްތައް އެކްރެޑިޓް ކުރާކަން ނުޖެހޭނެ)
  • ލިބިފައިވާ މަސައްކަތުގެ ތަޖްރިބާގެ ސިޓީތަކުގެ ކޮޕީ/އަޞްލާއިއެކު

އިންޓަވިއު ކުރުން:

  • މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 31 މާރިޗް 2018 ގެ ކުރިން މި ކައުންސިލް އިދާރާގައެވެ.

                     21 ފެބުރުއަރީ 2018                   

 

 

 

                           

21 ފެބުރުވަރީ 2018
ހޯދާ