މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ޑިޕާޓްމަންޓްތަކަށް ބޭނުންވާ ސްޓޭޝަނަރީސް، ފޮޅާސާފުކުރުމަށް ބޭނުންވާ ތަކެތި އަދި އެހެނިހެން ތަކެތި 1 އަހަރަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ ޑިޕާޓްމަންޓްތަކަށް ބޭނުންވާ ސްޓޭޝަނަރީސް، ފޮޅާސާފުކުރުމަށް ބޭނުންވާ ތަކެތި އަދި އެހެނިހެން ތަކެތި 1 އަހަރަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 18 ޖަނަވަރީ 2018 ގައި ކުރެވުނު ނަމްބަރ: (IUL)23-AP/23/2018/12 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވީ ދެ ބޭފުޅުން ކަމަށްވާތީ ވާދަކުރާނެ ތިން ފަރާތް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 28 ފެބުރުވަރީ 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 މާރޗް 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

05 ޖުމާދަލްއާޚިރު 1439  

                          

21 ފެބުރުވަރީ 2018
ހޯދާ