މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮންޓްރޯލް ޑްރަގްސް އަދި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ބޭސް ރާއްޖެ އެތެރެކުރުމުގެ ފުރުސަތު

 

އިޢުލާން

 ކޮންޓްރޯލް ޑްރަގްސް އަދި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ބޭސް ރާއްޖެ އެތެރެކުރުމުގެ ފުރުސަތު އިތުރު ފަރާތަކަށް ދޫކުރުމަށް ހުޅުވާލުމުގެ ގޮތުން، 12 ފެބުރުވަރީ 2018 ގައި ކުރެވުނު ނަމްބަރ: (IUL) 23-AP/23/2018/40 އިއުލާން އާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިވަނީ ދެ ފަރާތުން ކަމުގައިވާތީ ވާދަކުރާނެ ތިންފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 28 ފެބުރުވަރީ 2018 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 މާރޗް 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

04 ޖުމާދަލްއާޚިރު 1439

  

21 ފެބުރުވަރީ 2018
ހޯދާ