މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ރުއްތައް ވަރުވާއަށް ދޫކުރުން

އިޢުލާން

ރ.މަޑުއްވަރީ ބަންޑާރަރުއްތައް ބިޑު އުޞޫލުން ވަރުވާއަށް ދޫކުރުން

މިރަށުގައި ހުރި ބަންޑާރަރުއްތައް ބިޑު އުޞޫލުން 02 އަހަރަށް ވަރުވާއަށް ދޫކުރުމަށް މިކައުންސިލްގެ 3 ވަނަ ދަޢުރުގެ 2017 ވަނަ އަހަރުގެ 5 ވަނަ އާއްމު ޖަލްސާއިންވަނީ ނިންމަވާފައެވެ.

ވީމާ، މިރުއްތައް ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް 2018 ފެބުރުއަރީ 26 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ފެބުރުއަރީ 28 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކޮށް ބިޑު ހުށަހެޅޭނީ ކޮންމެ ފަރުދަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ.

ބީލަން ފޯމް ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައި، ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެ އަދި  "ރ. މަޑުއްވަރީ ބަންޑާރަރުއްތައް ވަރުވާއަށް ދޫކުރުމަށް ހުޅުވާލާފައިވާ ބީލަމަށް ކުރިމަތިލުމަށް އެދި " މިހެން ލިޔުއްވާފައެވެ. މި ނޫންގޮތަކަށް ހުށަހަޅުއްވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6580026 އާއި ގުޅުއްވުން އެދެމެވެ.

21 ފެބުރުވަރީ 2018
ހޯދާ