މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                              އިއުލާން ނަމްބަރު:    IUL)22-E/1/2018/14)

 

 

ވަޒީފާގެ ފުރުސަތު

 

މަޤާމް:               ސަޕޯރޓް ސްޓާފް

ބޭނުންވާ އަދަދު:               1 (އެކެއް)

މަސައްކަތުގެ މުއްދަތު:      04 މަސް ދުވަސް

މުސާރަ:                    މަހަކު6000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު:

  1. އަސާސީ ފެންވަރު
  2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން

މަޤާމްގެ މަސްއޫލިއްޔަތު:

  1. އޮފީހުގައި ބޭނުންކުރާ މެޝިނަރީއާއި ފަރނީޗަރު ފުހެސާފު ކުރުން
  2. އޮފީސް ކުނި ކަހާ މޮޕުލައި ސާފުކޮށް ބެހެއްޓުން
  3. ސައިކޮޓަރި ތެރެއާއި، މޭޒާއި، ގޮނޑި، ސިންކު ކަބަޑު ފަދަ ތަންތަން ރީތިކޮށް ސާފު ކުރުން
  4. ފާޙާނާތައް ދޮވެ ސާފުކޮށް ބެހެއްޓުން އަދި އޮފީހާއި ގުޅުންހުރި އެހެނިހެން މަސައްކަތް.

އެޕްލިކޭޝަން ހުށަހެޅުން:

 

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ފެބްރުއަރީ  2018 (އަންގާރަ) ގެ 13:00 ގެ ކުރިން ޣާޒީ ބިލްޑިންގ، ގްރައުންޑް ފްލޯރގައި ހުންނަ

ކޯޑިނޭޝަން ސަޕޯޓް ޔުނިޓްއަށް އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.       

  1. ވަޒީފާއަށް އެދޭ ކަމުގެ ސިޓީ (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ

 

 

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ކޯޑިނޭޝަން ސަޕޯޓް ޔުނިޓް ( ސީ.އެސް.ޔޫ )،

ނަންބަރު : ޣާޒީ ބިލްޑިންގ، ގްރައުންޑް ފްލޯރ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ، ދިވެހިރާއްޖެ

އީމެއިލް :      [email protected]    ފޯން: 3341319

 

ވަޒީފާއަށް ފަރާތެއް ހޮވުން:      - މި ކަމަށް ބޭފުޅަކު ހޮވޭނީ ހުށަހަޅާ ލިޔެކިޔުންތައް ބަލާ އިވެލުއޭޓް ކުރުމަށްފަހު އެންމެ ޤާބިލު ފަރާތަށެވެ. މީހަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައިވާ ގޮތުގެ މަތިންނެވެ.   

 

އިތުރު މައުލޫމާތު:   - މި މަގާމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މިމިނިސްޓްރީގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓުގެ ނަންބަރު  3341319  އާއި ގުޅުއްވުން އެދެމެވެ.

 

21 ފެބުރުވަރީ 2018
ހޯދާ