މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރިޔާދުގެ މަރާމާތުކުރުމާބެހޭ

                މިއިދާރާގެ ނަންބަރު (IUL)227-GA/227/2018/8 (08 ފެބުރުއަރީ 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން މި އިދާރާގެ ބެލުމުގެ ދަށުގައިވާ މަރިޔާދުގެ އަމިއްލަތަކެތީގައި މަރާމާތުކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                ވީމާ، މިއިދާރާއިން ދެވޭ މަޢުލޫމާތާއި އެއްގޮތަށް އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 2018 ފެބުރުއަރީ 25 ވަނަދުވަހުގެ 10:30 އަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ފެބުރުއަރީ 28 ވަނަ ދުވަހުގެ 10.30 އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

                މި ބީލަމުގައި ހުޅުވާލެވިފައިވަނީ ރާއްޖޭގަ ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކާއި ލޯކަލް އިންވެސްޓްމަންޓްތަކަށެވެ.

                މައުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.

                ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                03 ޖުމާދަލްއާޚިރާ 1439

                19 ފެބުރުއަރީ   2018    

19 ފެބުރުވަރީ 2018
ހޯދާ