މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަތޮޅުރައްޔިތުންގެ އަތޮޅުވެހި ޢިމާރާތް ދިގުމުއްދަތައް ކުއްޔަށްދިނުމާބެހޭ

އިޢުލާން  

ރ. އަތޮޅުރައްޔިތުންގެ އަތޮޅުވެހި ޢިމާރާތް ދިގުމުއްދަތައް ކުއްޔަށްދިނުމާބެހޭ

              ރ. އަތޮޅުކައުންސިލްގެ ގޯތީގެ އިރު ދެކުނު ސަރަޙައްދުގައި ޢިމާރާތްކޮށްފައިވާ އަތޮޅުވެހި ޢިމާރާތް 9 އަހަރާއި 11 މަސްދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމަށް ކުރި ނަމްބަރ (IUL)229-IED/229/2018/2 (9 ޖެނުއަރީ 2018 ) އިޢުލާނާއިގުޅިގެން ބިޑްޑޮކިއުމެންޓް ބައްލަވައިގެންނެވި އެއްވެސްފަރާތަކުން ޕުރޮޕޯސަލް ހުށައަޅުއްވާފައި ނުވާތީ އެ އިޢުލާނުބާތިލްކޮށް އަލުން އެފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ. މި ޢިމާރާތަކީ 14 ކޮޓަރީގެ ދެބުރީގެ ޢިމާރާތެކެވެ. މިޢިމާރާތް ކުއްޔަށްދިނުމަށް ހުޅުވާލެވިފައިމިވަނީ މި ޢިމާރާތް ކުރެވިފައިވާބިން ( 7624.5 ) އަކަފޫޓްގެ ގޯއްޗާއެކުގައެވެ.

އަތޮޅުވެހި ޢިމާރާތް އަމިއްލަ ޚަރަދުގައި އިތުރަށް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް 20 ފެބްރުއަރީ 2018 އިންފެށިގެން 1 މާރޗް 2018 ދުވަހުގެ 12:00 ގެ ނިޔަލަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 12:00 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައިހުންނާނެއެވެ.

  1. ރ އަތޮޅު ކައުންސިލްގެ އިދާރާ
  2. މިސްކިތްމަގު / ރ.އުނގޫފާރު ، ދިވެހިރާއްޖެ
  3. ޓެލެފޯނު ނަންބަރު:  6580027
  4. ފެކްސް ނަންބަރު:  6580238
  5. އީމެއިލް އެޑްރެސް: [email protected]

              ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މެދުވެރިކޮށް ރ.އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ބިޑްޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ރ. އަތޮޅު ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/250ރ ( ދުއިސައްތަ ފަންސާސް ރުފިޔާ ) އަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް ފައިސާ ދެއްކުމުން، އެ ފައިސާ ބަލައިގަތްކަމުގެ ރަސީދެއް ކައުންސިލްގެ އިދާރާއިން ދޫކުރާނެއެވެ. އަދި ގަންނަ ބިޑް ޑޮކިއުމަންޓްގެ ސީރިއަލް ނަންބަރު އެރަސީދުގައިބަޔާންކޮށްފައި އޮންނާނެއެވެ.

އެހެންކަމުން ސުރުޚީގައި ދެންނެވިފައިވާ އަތޮޅުވެހި އަމިއްލަ ޚަރަދުގައި އިތުރަށް ތަރައްޤީކޮށް ހިންހުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރީބިޑްމީޓިންގއަށް ވަޑައިގަންނަވާނީ 4 މާރޗް 2018 ވާ އާދިއްތަ ދުވަހު 11:00 ރ.އަތޮޅު ކައުންސިލް އިދާރާއަށެވެ. އިމާރާތުގެ ބިޑް ހުށަހެޅުން އޮންނާނީވެސް ރ. އަތޮޅު ކައުންސިލް އިދާރާގައި 18 މާރޗް 2018 ވާ އާދިއްތަ ދުވަހުގެ 11:00 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

 ބިޑްޑޮކިއުމަންޓް ބައްލަވައިގަތް ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް ޕްރީބިޑް މީޓިންގއަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމުސީލު ކުރުމަށް ވަޑައިގަންނަވާ ބޭފުޅެއްކަން  އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުމަށް ދަންނަވަމެވެ. މި އިމާރާތް ކުއްޔަށްހިފުމަށްއެދި ހުށައަޅާ ބިޑް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ރ. އަތޮޅުކައުންސިލްގެ އަތޮޅުވެހި ޢިމާރާތް ކުއްޔަށް ހިފުމަށްއެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބިޑް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

                                     

04 ޖުމާދުލްއާޚިރު 1439

 

20 ފެބުރުވަރީ 2018
ހޯދާ