މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަޙައްދުން ރެސްޓޯރަންޓް ބިން ދޫކުރުން.

އިޢުލާން

 

ބަނދަރު ސަރަޙައްދުން ރެސްޓޯރަންޓް ބިން ދޫކުރުން.

މ.  މުލަކު ބަނދަރުގެ އިރުމަތީކޮޅުން އައިސްޕްލާންޓުގެ އުތުރުން ރެސްޓޯރެންޓްހިންގުމަށް 01 ބިން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ މަތީގައި ދެންނެވިފައިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

08 މާރިޗް 2018

ބުރާސްފަތި

11:00

ބިޑު ހުށަހެޅުން

19 މާރިޗް 2018

އަންގާރަ

11:00

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ލިޔުމަކުން މި އިދާރާއަށް ހުށަހަޅުއްވަންވާނެއެވެ. އަދި މި އިޢުލާނާއިގުޅިގެން މީގެކުރިންކުރެވުނު މިކައުންސިލްގެ ނަމްބަރ (IUL)364-B/364/2018/1 ބާޠިލުކުރެވިފައިވާވާހަކަވެސް ދެންނެވީމެވެ.

04 ޖުމާދަލްއާޚިރާ 1439

20  ފެބުރުވަރީ  2018 

20 ފެބުރުވަރީ 2018
ހޯދާ